Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 21:55
ޑޭވް އާއި ބައްސާމް
ޑޭވް އާއި ބައްސާމް
ފޭސްބުކް
އަޙްމަދު ނަޝީދު (ޓީސީ ޑޭވް)
ފުޓްބޯޅައިގެ އެއްމެ ގާބިލު މިހާގެ ފަހަތުގައި އަޅުގަނޑުމެން އެއްމެން މިތިބީ- ޓީސީ ޑޭވް
ކުރިން ބައްސާމް އާއި ދެކޮޅަށް ނުކުތީ ސަރުކާރުން ބޭނުން ވެގެން
ބައްސާމް އަކީ ދިވެހި ފުޓްބޯޅައަށް ފެނުނު އެއްމެ ބޮޑު ހިންގުންތެރިޔާ

ރާއްޖޭގެ ފުޓުބޯޅައަށް ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ފުޓުބޯޅަ ކުލަބުތައް އަދި ފުޓްބޯޅައިގެ ޢާއިލާގެ ގިނަ ފަރާތްތަކުން ބައްސާމުގެ ފަހަތަށް އަރާ ތިބީ އޭނާ އަކީ މި ކަމަށް އެއްމެ ޤާބިލު މީހާ ކަމަށް ވުމުން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި އާ ދައުރަކަށް ކުރިމަތިލާފައިވާ ބައްސާމުގެ އެކްސްކޯރގައި ހިމެނޭ އަޙްމަދު ނަޝީދު (ޓީސީ ޑޭވް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ޑޭވް ވިދާޅުވީ ކުރިން ބައްސާމާއި ދެކޮޅަށް ނުކުތީ ސަރުކާރުން އެކަމަށް ބޭނުންވެގެން ސަރުކާރާއި އެއްކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. އެއް އިރަކު ވެސް ބައްސާމް ގޯސް ވެގެން ބައްސާމާއި ދެކޮޅު ނުވާ ކަމަށާއި، މި ވޭތުވެދިޔަ ތަނުގައި ބައްސާމް ކުރި މަސައްކަތް އެއް ވެސް މީހަކަށް ފުޓުބޯޅައަށް ކޮށްދެވިފައި ނުވާ ކަމަށް ޑޭވް ވިދާޅުވިއެވެ.

ޓީސީ ފުޓްބޯޅަ ކުލަބު ހިންގުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައިވާ ޑޭވް ވިދާޅުވީ، އާ ހަތަރު އަހަރަކަށް ބައްސާމްގެ އެކްސްކޯރގައި އޭނާ އިންނަން ނިންމީ ފުޓުބޯޅަ ކުރިޔަށްގެންދެވޭނެ ޤާބިލުކަން ހުރި ހަމަ އެކަނި މީހަކީ ބައްސާމް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. ރާއްޖޭގެ ފުޓުބޯޅަ މުސްތަޤުބަލަށްޓަކައި ވެސް އާ ދައުރަކަށް ބައްސާމް އިންތިޚާބު ކުރަން ޖެހޭ ކަމަށާއި، އެފްއޭއެމްގެ ރައީސް ކަމުގައި އިތުރު ދައުރެއް ބައްސާމަށް ދީފިނަމަ، ފުޓުބޯޅައަށް އާރޯކަމާއި ދިރުން ލިބިގެންދާނެ ކަމަށް ޑޭވް ވިދާޅުވިއެވެ.

Advertisement

ޓީސީ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރި މީހެއްގޮތުގައި ހުރެ އެފްއޭއެމްގެ އެކްސްކޯރއަށް ހޮވުނު ނަމަވެސް މަސައްކަތް ކުރާނީ ދިވެހި ފުޓުބޯޅައަށް އިޚުލާޞްތެރި ކަމާއި އެކު ކަމަށާއި އެކްސްކޯރގައި ޓީސީއެއް އެހެން ކުލަބެއް ތަފާތެއް ނުކުރާނެ ކަމުގެ ޔަޤީންކަންދޭ ކަމަށް ޑޭވް ވިދާޅުވިއެވެ.

މި އަހަރު ޓީސީ ފުޓްބޯޅަ ކުލަބު ނުފެނިދާނެ ކަމަށް ކުރިން ޑޭވް ވިދާޅުވި ނަމަވެސް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ޑޭވް ވިދާޅުވީ، ކުލަބުގެ ޙާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި، އޭއެފްސީ ކަޕަށް އެޓީމު ތައްޔާރުވެފައިވާ ކަމަށެވެ.

އެފްއޭއެމް އާއި ސަރުކާރުން، ޚާއްޞަކޮށް މިނިސްޓަރު އަޙްމަދު މަޚުލޫފް ވަރަށް ގާތުން ކުލަބުގެ ކަންތައްތައް ބައްލަވާ އެހީތެރިކަން ފޯރުކޮށްދެވުމަށް ގިނަ މަސައްތަކެއް ކުރެއްވި ކަމަށް ޑޭވް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް