Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 06:45
ހޮނިހިރު ދުވަހުގެރޭ އެކްސިޑެންޓް ހިނގި ސަރަޙައްދު
ހޮނިހިރު ދުވަހުގެރޭ އެކްސިޑެންޓް ހިނގި ސަރަޙައްދު
ރާއްޖެއެމްވީ
އެކްސިޑެންޓް
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓް ވެފައިވަނި ޞާރު ދުވެލީގައި ދުއްވި ސައިކަލެއް
ދެމީހަކަށް ވަނީ އަނިޔާވެފައި، މިހާރު ދަނީ ފަރުވާ ދެމުން

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ، ބޮޑުތަކުރުފާނު މަގުގައި ބޭންކް އޮފް ސިލޯން އާއި ބޭންކް އޮމް މޯލްޑިވްސް ހިމެނޭ ސަރަޙައްދުގައި ހިނގި މި އެކްސިޑެންޓްގައި ދެ ފިރިހެނަކަށް އަނިޔާވެފައިވާއިރު، އެ ދެމީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތުދެމުން، މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާނު މަގުން ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލެއް، ބޭންކް އޮފް ސިލޯން ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ވައަތު ލޮލާއި، ވާތްފަޅިން މަތީ ދަތްޕިލައަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ސައިކަލު ފަހަތުގައި އިން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގަން ދިމާވި ސަބަބު މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށާއި، އަނިޔާވި ދެމީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި، އަދި އަނެކަކަށް އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހުގެރޭ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވެފައިވާއިރު، ބާރު ދުވެލީގައި ނުދުއްވުމަށް އިލްތިމާސްކޮށް، އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ހޭލުންތެރި ކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ އެކި މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް