Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 16:32
އީސްޓަރ ހަމަލާއާއި ގުޅިގެން ލަންކާ ފުލުހުން ހަރަކާތްތެރިވަނީ
އީސްޓަރ ހަމަލާއާއި ގުޅިގެން ލަންކާ ފުލުހުން ހަރަކާތްތެރިވަނީ
ޑެއިލީ މިރޯ
އީސްޓަރ ހަމަލާ
އީސްޓަރ ހަމަލާ ރޭވުމުގެ ތުހުމަތުގައި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރޭ
ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރަށް މައުލޫމާތު ބެލުމަށް ފަހު އަންގާނެކަމަށް
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށްވެސް މިކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ

ހުސްވި އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ސްރީލަންކާގެ މަތީ ފަންތީގެ ހޮޓާތަކާއި، އީސާއީ ދީނުގެ ފައްޅިތަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހަތަރު ދިވެހިން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު ލަންކާގެ ފުލުހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަޖިތް ރޮހަނަ ވިދާޅުވީ، ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 216 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަތް އަންހެނަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން 153 މީހަކު ހައްޔަރުކޮށްފައި އާއި ރިމާންޑުގައި އެބަތިބި ކަމަށެވެ.

އިތުރު ތަފްސީލު ހާމަކުރައްވަމުން އަޖިތް ވިދާޅުވީ، ހަމަލާ ރާވަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހިންގެ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް އޭނާ އެއް ހާމައެއް ނުކުރައްވައެވެ.

Advertisement

ދިވެހިންތަކެއް ލަންކާއިން ހައްޔަރުކުރިތޯ ބަލަން ފުލުހަށް ގުޅާލުމުން ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވީ، ފަހުން މައުލޫމާތު ދެއްވާނެ ކަމަށެވެ. ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނީ، ދިވެހިންގެ ބަޔަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އީސްޓަރ ހަމަލާ އަށް އަހަރެއް ވާން ކައިރިވެފައިވާއިރު، މިއީ އެ ހަމަލާގައި ދިވެހިންގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެވެ. ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް