Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 17:33
ކޮވިޑް-19 އަށް ޓެސްޓްކުރާ ކިޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޮވިޑް-19 އަށް ޓެސްޓްކުރާ ކިޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް-19 އަށް ރާއްޖެއިން ޓެސްޓް ކުރެވޭ ގޮތް ހަމަޖައްސައިފި
1000 މީހުންނަށް ޓެސްޓް ކުރެވޭނެ
ޓެސްޓްތައް ހެދޭނީ އައިޖީއެމްއެޗުން
ކޮވިޑް-19 އަށް ރާއްޖެއިން ޓެސްޓްކުރި އެންމެން ނެގެޓިވް

ޗައިނާއިން ފެތުރެންފެށި ނުރައްކާތެރި ރޯގާއެއް ކަމަށްވާ ނޮވެލް ކޮރޯނާވައިރަސް އަށް ރާއްޖެއިން ޓެސްޓް ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ބޭނުންވާ 10 ކިޓްސް (ޕްރައިމަރސް އާއި ޕްރޯބްސް) ހެލްތު މިނިސްޓްރީ އަށް ހަދިޔާ ކޮށްފައެވެ. އެ ކިޓް ބޭނުންކޮށްގެން 1000 މީހުންނަށް ޓެސްޓް ހެދޭނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިގެން ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ޓެސްޓް ކުރެވޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ، އެ ޓެސްޓް ކިޓް ބޭނުންކޮށްގެން ބައްޔަށް ޝައްކުކުރެވޭ މީހުންގެ ޓެސްޓް އައިޖީއެމް ހޮސްޕިޓަލުގެ ލެބޯޓަރީން ހެދެނޭ ކަމަށެވެ.

މީގެ ކުރިން އެ ޓެސްޓްތައް ހަދަން ފޮނުވަނީ އަވަށްޓެރި އިންޑިއާ އަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެން އޭރު ހަތަރު ވަރަކަށް ދުވަސް ނަގައެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ފެތުރެން ފެށި ކޮވިޑް-19 މި ބަލި އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް ޖެހިފައެއް ނުވެއެވެ. ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓްކުރި ހުރިހާ ދިވެހިންވެސް އެ ބައްޔަަށް ނެގެޓިވްއެވެ. އެންމެ ފަހުގެ މަޢުލޫމާތުތައް ދައްކާ ގޮތުން 74 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް