ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 12:06
ރަށެއްގައި އަޅާފައިވާ ފްލެޓްތަކެއް
ރަށެއްގައި އަޅާފައިވާ ފްލެޓްތަކެއް
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 573 މިލިއަން ރުފިޔާ ޚަރަދުކޮށްފި
މިދިޔަ ހަފްތާގައި ވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 442.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައި
އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ލޭންޑް އެކިޔުޒިޝަން އަށް، އެއީ 428.5 މިލިއަން ރުފިޔާ
ސިއްހީ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް 40.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި

މިދިޔަ ހަފްތާ ނިމުމާހަމައަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުން 573.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމިނިސްޓްރީން ނެރެމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ އާ ހަމައަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 130.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި ވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 442.7 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވާ ގޮތްތަކަށް ބަލާލާއިރު އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ލޭންޑް އެކިޔުޒިޝަން އަށެވެ. އެއީ 428.5 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ސިއްހީ އަދި އިޖުތިމާޢީ ރައްކާތެރިކަމަށެވެ. އެއީ 40.9 މިލިއަން ރުފިޔާ އެވެ. އެއަށްފަހު މަގުތައް ހެދުމަށެވެ. އެއީ 32.2 މިލިއަން ރުފިޔާއެވެ.

ތައުލީމީ ދާއިރާގެ މަޝްރޫޢުތަކަށް 13.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ދަތުރުފަތުރުގެ ނިޒާމުގެ ކަންކަމަށް 29.3 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފަ އެވެ. ހައުސިންގ އަށް މިހާތަނަށް 11.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.

- ކޮމެންޓް