Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 18:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސް ރިނބުދޫއަށް ވަޑައިގަތުން
ރައީސް ސޯލިހު ރިނބިދޫއަށް ވަޑައިގެންފި
ރިނބުދޫއަށް ކުރައްވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވާނެ
މިއީ 2 ދުވަހުގެ ދަތުރުފުޅެއް
އެރަށުގައި ޤާއިމްކޮށްފައިވާ ޘަޤާފީ މަގު ހުޅުވައިދެއްވުމާއި، "މަރިޔަންމާ" ޕްރޮގްރާމް އިފްޠިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގެންފިއެވެ.

ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ދ. ރިނބުދޫއަށް ވަޑައިގެންނެވުމާއެކު އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ ރިނބުދޫއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެރަށުގައި ޤާއިމްކޮށްފައިވާ ޘަޤާފީ މަގު ހުޅުވައިދެއްވުމާއި، "މަރިޔަންމާ" ޕްރޮގްރާމް އިފްޠިތާޙްކޮށްދެއްވުމާއި، ފުޓްސެލް ދަނޑު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި، އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް