Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 14:44
ދެކުނު މަހާސިންތާ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ ދަތުރުތަކަށް 444 ރުފިޔާ ދައްކަން އޭސީސީން މަޖިލީހަށް އަންގައިފި
އޭސީސީގެ މި ނިންމުމަށް ދެކޮޅު ހަދާކަށް ބޭނުމެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުތަކަށް 444 ރުފިޔާ ދައްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

އޭސީސީން ތަހުގީގުކޮށްފައިވަނީ ނަޝީދު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކުރައްވަން ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ މައްސަލައެވެ. މި މައްސަލައާއި ގުޅިގެން އޭސީސީން މަޖިލީހަށް ފޮނުވި "އިސްލާހު ކުރުމަށް އަންގާ އެންގުން" ބުދަ ދުވަހުގެ ޖަލްސާގައި ނަޝީދު ވަނީ މެމްބަރުންނަށް އިއްވަވާ ދެއްވާފައެވެ.

އޭސީސީން ބުނެފައިވަނީ 31 އޮކްޓޫބަރު 2019ގައި ގއ.ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކުއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް، މީހަކަށް ޙަރަދުކޮށްފައިވަނީ 1,222.00 (ބާރަ ސަތޭކަ ބާވީސް) ރުފިޔާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން މަހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1,333,00 (ތޭރަ ސަތޭކަ ތިރީސް ތިނެއް) ރުފިޔާ ޚަރަދުކޮށްފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

Advertisement

ނަމަވެސް އެ ދުވަސްވަރު ކުއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1,222.00 (ބާރަ ސަތޭކަ ބާވީސް) ކަމަށާއި، މަހާސިންތާ ނިންމާލުމަށްފަހު ކުއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444 (ހަތަރު ސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އަންގާފައިވެއެވެ. އަދި އެ ރުފިޔާ ހޯދުމަށްފަހު އެކަން އެ ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވެއެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ މި ނިންމުމަށް ދެކޮޅު ހައްދަވަން ބޭނުންފުޅު ނުވާކަމަށެވެ. ނަމަވެސް މެމްބަރުން އެދިވަޑައިގަންނަވާނަމަ ގޮންޖައްސަވާނެ ކަމަށެވެ.

"އަޅުގަނޑު ގަސްދެއްނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މި ނިންމުމަކަށް 'ޗެލެންޖު ކުރާކަށް' އިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވަނީނަމަ ޗެލެންޖު ކުރެވޭނެ ހަގީގަތުގައި މީކީ، އަޅުގަނޑާ، މަޖިލީހުގެ ރައީސް ހިމެނިގެން މިދަނީ. އިއްޒަތްތެރި މެމްބަރު އެދިވަޑައިގަންނަވަނީ ނަމަ ޗެލެންޖު ކުރާނަން. އަޅުގަނޑުގެ ހިތުގައި އޮތީ ދެން އިއްޒަތްތެރި މެމްބަރުން 444 ރުފިޔާ އަޅުގަނޑަށް ދެއްވައިފިއްޔާ އެ ފައިސާ މަޖިލީހަށް ދެވިދާނެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް