Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 01:29
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ މުޒާހަރާ ކުރުމުގެ ތެރެއިން
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ މުޒާހަރާ ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ކަރަންޓު ކެނޑުން
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ
ކަރަންޓް ކެނޑޭތީ ރަށަކުން ގެނައި ބައު އިންޖީނުވެސް ހަލާކުވެއްޖެ
ކައުންސިލަރުންވެސް މުޒާހަރާގައި

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން އެރަށު އިންޖީނުގެ ދޮށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާގެ ބައިވެރިއަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ މުޒާހަރާ ކުރަމުން ދަނީ ކަރަންޓް ކެނޑޭތާ ދެމަހަށްވުރެ ގިނަދުވަސް ވީއިރުވެސް ހައްލެއް ހޯދިފައި ނުވެ އުޅެނިކޮށް މުޅިރަށުން އެއްކޮށް ކަރަންޓް ގޮސްފައިވާތީ ކަމަށެވެ.

އޭނާ ބުނީ ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭތާ 2 މަހެއްހާ ދުވަސްވެއްޖެ ކަމަށާއި ހުކުރު ދުވަހުން ފެށިގެން އެއްގޮތަކަށްވެސް ކަރަންޓް ނުހިފަހައްޓާ ކަމަށެވެ. ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަން ފެށީ ހޮނިހިރު ދުވަހު ހަވީރުން ފެށިގެން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު ރަށުގައި އެއްގޮތަކަށްވެސް ކަރަންޓެއް ނެތްކަމަށެވެ.

އެހެން މީހަކު ބުނީ ކަރަންޓް މައްސަލަ ދިމާވާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި މުޒާހަރާ ކުރަން ފެށީ މިހާރު އެއްގޮތަކަށްވެސް ކަރަންޓް ނުލިބެން ފެށުމުން ކަމަށެވެ.

އޭނާ ބުނީ 24 ގަޑިއިރު ކަރަންޓް ނުދެވޭތާ ދެމަސްވަރު ވެދާނެ ކަމަށާއި އަބަދުވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލާ ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން ކަރަންޓްގެ މައްސަލަ ބޮޑުވެ ރަށަކުން ބައު އިންޖީނެއް ގެނައި ކަމަށާއި ހޮނިހިރު ދުވަހު އެއިންޖީނުވެސް ހަލާކުވެ މުޅި ރަށުން އެއްކޮށް ކަރަންޓް ކެނޑި މިހާރު އެއްގޮތަކަށްވެސް ކަރަންޓް ނެތްކަމަށެވެ.

އޭނާ ބުނީ މިހާރު އިންޖީނުގެ ތަޅުލާފައިވާއިރު ކައުންސިލަރުންވެސް ރައްޔިތުންނާއެކު މުޒާހަރާގައި ބައިވެރިވާ ކަމަށެވެ. ފުލުހުންވެސް އެސަރަހައްދަށް އައިސްފައިވާކަމަށާއި ނަމަވެސް ކަރަންޓްގެ މައްސަލަ ހައްލު ނުވަނީސް މުޒާހަރާ ނުހުއްޓާނެކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާގޮތް ނުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް