Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 22:38
ރައީސް ނަޝީދާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ނަޝީދާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޓްވިޓަރ
ކޮރޯނާވައިރަސް
ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ނަޝީދާއި ހިއްސާކޮށްފި
ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި
ޗައިނާގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަމުގެ ޔަގީންކަން ދެއްވި
ކޮރޯނާވައިސް ޖެހިގެން މިހާތަނަށް 1873 މީހުން ވަނީ މަރުވެފައި

ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ހިއްސާކޮށްފިއެވެ.

އަންގާރަ ދުވަހު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޝްހޯންގް، ރައީސް ނަޝީދާ ބައްދަލުކުރައްވައި މިހާރުގެ ހާލަތާއި ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ވަނީ އަރުވާފައެވެ. އަދި މިހާރު ކޮރޯނާވައިރަސްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި އެނައްތާލުމަށް ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ޗައިނާ ރައްޔިތުންނަށް ޖެހިފައިވާ ހާލަތާއި މެދު ހަމްދަރުދީ ފާޅުކޮށް ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޗައިނާގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ދުނިޔޭގައި އެކިކަންކޮޅުގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78000 އަށް ވަނީ އަރާފައެވެ. އަދި 1873 މީހުން ވަނީ މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް