Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 22:32
ފުލުހުން ޑައިވްކޮށްގެން ހޯދާފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
ފުލުހުން ޑައިވްކޮށްގެން މަސްތުވާތަކެތި ހޯދައިފި
މަސްތުވާ ތަކެތި ހޯދާފައި ވަނީ އަންގާރަ ދުވަހު 13:09 ހާއިރު
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓް ފެނިފައިވޭ
މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުން

މަސްތުވާތަކެއްޗާއި އެކު ފިލަން މޫދަށް ފުންމާލި މީހަކު ހޯދާ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އަންގާރަ ދުވަހު ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި ކ. މާފުށިން ކަމަށެވެ. އަދި މާފުށީ ބަނދަރު ސަރަހައްދުން ހިފެހެއްޓި އެ މީހާ މޫދަށް ފުންމާލިއިރު ކޮނޑުގައި އޮތް ދަބަސް މޫދަށް ދޫކޮށްލުމާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މޫދަށް ދޫކޮށްލި ދަބަސް ހޯދާފައިވަނީ މެރިން ޕޮލިސް ޑައިވް ޓީމެއް ކ. މާފުއްޓަށްގޮސް ދަބަސް ދޫކޮށްލި ސަރަހަށްދަށް ޑައިވް ކޮށްގެން އަންގާރަ ދުވަހު 13:09 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދަބަސް ނަގައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓް ފެނިފައި ވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް