Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 21:17
އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ކުއްޖާގެ ކާފަގެ އަދި މުނި ކާފަ
އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ކުއްޖާގެ ކާފަގެ އަދި މުނި ކާފަ
ޓްވިޓަރ
ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުން
ދެ އަހަރު ނުވާ ކުޑަކުއްޖާގެ މައްސަލާގައި ބައްޕަ ދޫކޮށްލައިފި
އެ މައްސަލާގައު ވަރަށް ގިނަ ބަޔަކު ވަނީ މުޒާހަރާ ކޮށްފައި
ކުއްޖާގެ ބައްޕަ ދޫކޮށްލާފައިވަނީ 17 ވަނަ ދުވަހު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް ޢާއިލާގެ ބަޔަކުވެގެން ޖިންސީ ގޯނާކުރި މައްސަލާގައި ތަހުޤީޤު ފުރިހަމަ ކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މަޝްވަރާ ކުރުވުމަށްފަހު ފެބްރުއަރީ 17 ވަނަ ދުވަހުގެ 14:30 ގައި ކުއްޖާގެ ބައްޕަ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ކުއްޖާގެ ކާފަގެ އިތުރުން، މުނި ކާފައަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުސްވި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހުއެވެ. އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅިގެން ކުރިން ދައުރުވި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް އުޅެނިކޮށް އެކުއްޖާގެ ބޮޑުދައިތައެއް އެ ކުއްޖާ ބަލަން ގެންދަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި އެ ކުއްޖާގެ ބޮޑުދައިތަ އޭނަ ރީތިކުރަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާކަމަށް ބުނުމުން، އަނިޔާ ލިބިފައިހުރި ކަމުގެ ނިޝާންތައް ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ކުއްޖާއަށް ބޮޑެތި ހާނިކަ ވެފައިވާ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުށްވެރިންނަށް ޙައްޤު ޢަދަބު ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކަމާބެހޭ އިދާރާތުގައި އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް