Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 21:14
ޑރ، ބިލާލް ފިލިޕް
ޑރ، ބިލާލް ފިލިޕް
ޔޫޓިއުބް
ޑރ. ބިލާލް ފިލިޕްސް
ޑރ. ބިލާލް ފިލިޕްސްގެ ދަރުސް މަޑުޖައްސާލައިފި
އިވެންޓް އިންތިޒާމު ކުރީ ޔޫތް މިނިސްޓްރީން
ރައީސް ނަޝީދު ވިދާޅުވީ ބިލާލް ޕިލިޕްސްގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށް

ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަން ނިންމި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިިލިޕްސްގެ ދަރުސް މަޑުޖައްސާލައިފިއެވެ.

Advertisement

ޑރ. ބިލާލް ފިލިޕްސް، އަންނަ މަހުގެ 12 އިން 18 އަށް ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

ނަމަވެސް އަންގާރަ ދުވަހުގެރޭ މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުފައްދަމުންދާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ބިލާލްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އަދި އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ޑރ.ބިލާލް ރާއްޖެ ގެނައުމާމެދު ދެކޮޅު ހައްދަވާފައެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ނުރުހުންފާޅު ކުރައްވާ ވިދާޅުވީ ޒުވާނުންނަށް ސުލްހަ އާއި މަސަލަސްކަމުގެ މުހިންމުކަން ބުނެދިނުން މުހިންމު ކަމަށާއި، ޑރ. ބިލާލްއަކީ އެންމެ ރަނގަޅު މީހެއް ނޫން ކަމަށެވެ.

އަދި ޑރ.ބިލާލްއަކީ ހަރުކަށި ފިކުރު ފަތުރައި އަންހެނުންނަށް އަނިޔާވުމަށް ހިތްވަރުދޭ މީހެއް ކަމަށާއި ޑިމޮކްރަސީގެ ވިސްނުމާ ވެސް ދުރު މީހެއް ކަމަށް އީވާ ވިދާޅުވިއެވެ. މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޑރ.ބިލާލްއަކީ އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށެވެ. އޭނާގެ ހަރުކަށި ފިކުރާ ހެދި ބައެއް ގައުމުތަކުން އޭނާ ދިޔުން މަނާކޮށްފައިވާކަން ވެސް އިމްތިޔާޒު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް