ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 19:22
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އައި ސްޕެއިންގެ ނޫސްވެރިން
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އައި ސްޕެއިންގެ ނޫސްވެރިން
ޓޫރިޒަމް މިނިސްޓްރީ
ޓުއަރިޒަމް
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސްޕެއިންގެ ނޫސްވެރިން އަތުވެއްޖެ
މި ޓީމުން ރާއްޖޭގައި ހޭދަކުރާނީ 5 ދުވަސް
ނޫސްވެރިންގެ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ސީކްރެޓް ޕެރަޑައިސްއިން ހަމަޖައްސާފައިވާ ކ. ގުރައިދޫގެ ޕާމް އިން ގެސްޓްހައުސްގެ އިތުރުން ދަ ރެސިޑެންސް މޯލްޑިވްސް އާއި ފިނޮޅު މޯލްޑިވްސް ރިސޯޓްގައި
މިދިޔަ އަހަރު ސްޕެއިން 36064 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ދައުވަތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސްޕެއިންގެ ތަޖުރިބާކާރު ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެ އައި ސްޕްއިންގެ ނޫސްވެރިންގެ ޓީމުގެ ލިޔުންތެރިން ނިސްބަތްވަނީ އެ ގައުމުގެ މަޝްހޫރު ޓްރެވަލް އަދި މައިސް ލިޔުންތައް ޝާއިރުކުރާ ނޫސްތައް ކަމަށްވާ ދެވިއަހެސް، މީޓް އިން، އެލް ޕެރިއޮދިކޯ، ސިންކޯ ވިއަހް އަދި ލަވަންގުއަރދިއާ ހިމެނެއެވެ.

މި ދަތުރުގައި މި ޓީމުން ރާއްޖޭގައި ކުރާ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުން ރާއްޖޭގައި ހޭދަކުރާ 5 ދުވަހުގެ ތެރޭގައި ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާކުރެވެން ހުރި އެންމެ ހިތްގައިމު ކަންތައް އަމިއްލަ އަށް ތަޖުރިބާ ކުރާނެ އެވެ. މި ދަތުރުގައި ނޫސްވެރިންގެ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ސީކްރެޓް ޕެރަޑައިސްއިން ހަމަޖައްސާފައިވާ ކ. ގުރައިދޫގެ ޕާމް އިން ގެސްޓްހައުސްގެ އިތުރުން ދަ ރެސިޑެންސް މޯލްޑިވްސް އާއި ފިނޮޅު މޯލްޑިވްސް ރިސޯޓްގަ އެވެ.

މި ދަތުރުގެ ތެރޭގައި ރާއްޖޭގެ ސަގާފަތާއި ރީތިކަން ތަޖުރިބާކޮށް ލުމުގެ ގޮތުން ގިނަ ހަރަކާތްކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގެސްޓްހައުސްއިންނާއި ކޮންމެ ރިސޯޓަކުންވެސް ލިބެން ހުންނަ ތަފާތު ޚިދުމަތްތަކާއި ހާއްސަ ކެއުންތަކުގެ އިތުރުން ސްޕާގެ ހިދުމަތްވެސް މި ޓީމުން ތަޖުރިބާ ކުރާނެއެވެ.

ސްޕެނިޝްގެ މާރކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. މިދިޔަ އަހަރު ސްޕެއިން 36064 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު އެ ގައުމު ހިމެނެނީ ބާރަ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 13.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ސްޕެއިންގެ ފަތުރުވެރިން ރާއްޖެ އަށް އިތުރު ކުރުމުގެ ގޮތުން މިއަހަރު އެމްއެމްޕީއާރުސީ އިން ވަނީ ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައެވެ. އެގޮތުން ސްޕެއިންގެ އެންމެ ބޮޑު ފެއާރ ކަމުގައިވާ ފިތޫރް ގައި މިދިޔަ މަހު ވަނީ ބައިވެރިވެފައެވެ.

- ކޮމެންޓް