ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 19:32
ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ތެރެއިން
ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ތެރެއިން
ރާއްޖެއެމްވީ
ގްލޯނެޓް އެޑިއުކޭޝަން ފެއާ
ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފި
މެލޭޝިއާގެ 12 ޔުނިވަރސިޓީއަކުން ބައިވެރިވޭ
ސްކޮލަރޝިފްގެ ފުރުސަތު ލިބޭނެ
މާދަމާގެ ނިޔަލަށް ފެއަރ ކުރިއަށްދާނެ

ރާއްޖެ އާއި ބޭރުގެ ޔުނިވާސިޓީތަކާއެކު ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފިއެވެ.

އަންގާރަ ދުވަހު އާޓް ގެލެރީގައި މި ފެއަރ ފައްޓަވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

ބުދަ ދުވަހުގެ ނިޔަލަށް މި ފެއަރގައި މެލޭޝިއާގެ 12 ޔުނިވާސިޓީއަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބައެއް ޔުނިވާސިޓީތައް ވެސް ހިމެނެއެވެ.

މިފެއަރއާ ބެހޭ ގޮތުން ގްލޯނެޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީމް ހަސަން ވިދާޅުވީ ގްލޯނެޓް އެޑިއުކޭޝަން ފެއަރ އަހަރަކު ދެފަހަރު ބާއްވާ ކަމަށާއި، ކޮންމެ ފަހަރަކު ވެސް ގިނަ ދަރިވަރުންތަކެއްގެ ތަރުހީބު ލިބޭ ކަމަށެވެ. އަދި ތަފާތު އެކި ޔުނިވާސިޓީތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދީ އެ ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.

ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ތެރެއިން

ކޮންމެ އަހަރެއްގެ ފެބްރުއަރީ އަދި އޮގަސްޓު މަހުގައި ބާއްވާ ފެއަރގައިގެ މަގުސަދަކީ ކިޔަވަންދާ ކުދިންނަށް މަތީ ތައުލީމުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މަތީ ތައުލީމަށް ހާސިލްކުރުމަށް ދާން ބޭނުންވާ ދަރިވަރުން ރަނގަޅު ޕްރޮގްރާމްތަކަކަށް ރަޖިސްޓްރީ ކުރުވުން ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ މިފެއަރއަށް ޔުނިވަރސިޓީތައް ހޮވަނީ ރަނގަޅު ޕްރޮގްރާމްތައް ހިންގާ ޔުނިވަރސިޓީތައް ބެލުމަށްފަހު، ދައުވަތުދީގެން ކަމަށެވެ. އަދި ޔުނިވަރސިޓީ ތަކަށް ކިޔަވަންދާ ދިވެހި ދަރިވަރުންނަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ގްލޯނެޓް އެޑިއުކޭޝަން ފެއާ މިފަހަރު ބައިވެރިވާ ޔުނިވަރސިޓީތަކުން ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، އެންމެ މަތިން ފާސްނުވާ ދަރިވަރުންނަށް ވެސް ފައުންޑޭޝަނުން ފެށިގެން ކިޔެވުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

ހުރިހާ ކުދިންނަށް ވެސް ފުރުސަތު އެބަހުރި. އޭގެ ތެރޭގައި ފައުންޑޭޝަނުން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް ފުރުސަތުތައް އެބަހުރި. ދެން މިފެއަރގައި ރަޖިސްޓްރީކުރާ ދަރިވަރުންނަށް މެލޭޝިއާއަށް ދިއުމަށް ޓިކެޓް ހިލޭ ލިބޭނެ.

އަންގާރަ އަދި ބުދަ ދުވަހު ހަވީރު 5:00 އިން ރޭގަނޑު 10:00 އާ ހަމައަށް ފެއަރ ކުރިއަށްދާނެއެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީގެ ނޫރާނީ ސްކޫލުގައި ހަވީރު 15:00 އިން 17:00 އަށް މިފެއަރ ކުރިއަށްދާނެ ކަމަށް ވެސް ގްލޯނެޓުން މައުލޫމާތުދެއެވެ.

މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2005 ވަނަ އަހަރުން ފެށިގެން ގްލޯނެޓުން ބާއްވަމުން އަންނަ ފެއަރއެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ދެ ފެއަރ އެ ކުންފުނިން ބާއްވައެވެ.

- ކޮމެންޓް