Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 17:57
ފުލުހުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ ގައި
ފުލުހުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ ގައި
ޔޫސުފް ސޮފްވާން ރަޝީދު
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ
މާލޭގެ މަގުތައް މިހާވަރަށް ވެސް ތަރުތީބުވެފައި އޮތީ ފުލުހުންގެ މަސައްކަތުން: ފުލުހުން
މާލޭގެ ހުރިހާ މަގުތަކާއި ގޯޅިތައް ނުބެލެހެއްޓޭ: ފުލުހުން
މީހުން އާއްމުކޮށް ދަތުރުކުރާ މަގުތައް ގަޑިންގަޑިއަށް މޮނިޓަރ ކުރަމުންދޭ
ކޮމިޓީގައި ދިރާސާ ކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެބިލު

މާލޭގެ މަގުތައް މިހާވަރަށް ވެސް ތަރުތީބުވެފައި އޮތީ ފުލުހުންގެ މަސައްކަތުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ގެމަނަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކާއި ގޯޅިތައް ނުބެލެހެއްޓޭކަމަށެވެ.

Advertisement

ނަމަވެސް އަމީނީމަގާއި މަޖީދީ މަގުފަދަ، މީހުން އާއްމުކޮށް ދަތުރުކުރާ މަގުތައް ގަޑިންގަޑިއަށް މޮނިޓަރ ކުރަމުންދާ ކަމަށެވެ. ސަމީރު ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުގެ ސަބަބުން އެންމެ އެކަށީގެންވާ ވަރަށް ނުކުރެވުނު ނަމަވެސް، މާލޭގެ މަގުތައް މިހާވަރަށް ވެސް ތަރުތީބުވެފައި އޮތީ ފުލުހުންގެ މަސައްކަތުން ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އެގައުމެއްގެ ގާނޫނު ތަންފީޒުކުރާ މިންވަރު ދެނެގަންނަ ލޯގަނޑަކީ މަގުމަތި ތަރުތީބުވެފައި އޮތުން ކަމަށެވެ. ސްޓިކަރ ޖަހަމުންގެންދަނީ ގާނޫނީގޮތުން ލިބޭ ބާރުގެ ދަށުން ކަމަށާއި ސްޓިކަރ ޖަހައިގެން ފުރިހަމަ ހައްލެއް ނައިނަމަވެސް ބައެއް މައްސަލަތަކަށް ސްޓިކަރ ޖަހައިގެން ހައްލު އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޮޑުކޮށް އެމަންޒަރު ފެންނަން ނެތީ ކަމަށެވެ.

އެގައުމެއްގެ ގާނޫނު ތަންފީޒު ކުރާ މިންވަރު ދެނެ ގަންނަ ލޯގަނޑަކީ މަގުމަތި ތަރުތީބުވެފައި އޮތުން. އެހެންމަ އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން އެބަކުރަމޭ. ސްޓިކަރވެސް ޖަހަމޭ، އެތަންތަނުން ޓޯ ވެސް ކުރަމޭ. ޚާއްސަގޮތެއްގައި އަޅުގަނޑުމެން ޓޯ ކުރާ ސަރަހައްދުތައް ހުންނާނެ. ބޭންކް އޮފް މޯލްޑިވްސް ކައިރި. ނޫނީ ހޮސްޕިޓަލްތައް ކައިރި. އާއްމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދުތަކަކީ އެއީ އަޅުގަނޑުމެން އެތަންތަނަށް އެޓެންޑުވެ އެތަނުގައި ޓޯކޮށް، ނޫނީ ސްޓިކަރ ޖަހާ ސަރަހައްދުތައް.
ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު

އަންގާރަ ދުވަހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާ ކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެބިލެވެ. މިބިލާއި ގުޅިގެން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަމާބެހޭ އިދާރާތައް ހާޒިރުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް