ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 17:59
އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކު
އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކު
މުހައްމަދު ޝަރުހާން
އިބްތިހާލުގެ މަރު/ އާފިޔާ
އިބްތިހާލު މަރުގެ މައްސަލަ: އާފިއާގެ މައްޗަށް ހުކުމް ކުރުން އަންނަ މަހުގެ 8 ވަނަ ދުވަހު!
އިބްތިހާލު މާރާލީ 2015 ވަނަ އަހަރު
ނުނެގިއޮތް ދެ މީހެއްގެ ހެކިބަސް ނެގުމުގެ އެންމެ ފަހު ފުރުސަތު މާދަމާއަށް
ހުލާސާ ބަޔާން މިމަހުގެ 26ގައި، ހުކުމް ކުރުން މާރޗު މަހު 8 ގައި

އަނިޔާވެރި ގޮތަކަށް 2015 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި ކަމަށް ދައުލަތުން ދައުވާ ކޮށްފައިވާ، އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މަށްޗަށް ހުކުމް ކުރުން އަންނަ މާރޗު މަހުގެ 8 ވަނަ ދުވަސްކަމަށް ކޯޓުން ހަމަޖައްސައިފި އެވެ.

ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ބާއްވާފައިވަނީ، މިމައްސަލާގައި ހެކިބަސް ނަގަން ހަމަޖައްސާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގެން އޮތްނަމަ ހެކިބަސް އެ ހެކިވެރިންގެ ހެކިބަސް ނެގެން ނެތްނަމަ ހުލާސާ ބަޔާން އިއްވުމަށެވެެ.

ނަމަވެސް، އަންގާރަ ދުވަހުގެ ޝަރީއަތުގެ އަމަޖިލީހުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލުން ވިދާޅުވީ، ހެކިބަސް ނުނެގިވާ ދެ ހެކިންގެ ހެކިބަސް ނެގުމަށް ބޭނުންވާ ކަމަށާއި ބުދަ ދުވަހު ހެކިބަސް ނެގޭނެ ގޮތެއް ދައުލަތުން ހަމަޖައްސާނެ ކަމަށެވެ. އަދި އޭގެ ތެެރެއިން އެކަކު އެއީ އާފިޔަގެ ފަރާތުން ވެސް ދިފައުގައި ހުށަހަޅާފައިވާ ހެއްކެއް ކަމަށްވާތީ، އޭނާގެ ހެކިބަސް ނެގުން މުހިއްމު ކަމަށް ދެކޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. ދައުލަތުގެ ފަރާތުންނާއި އާފިޔާގެ ދިފާއުގައި ހެއްކެއްގެ ގޮތުގައި ހުށަހާފައިވާ، އާފިޔާގެ ފިރިމީހާ އިބްރާހީމް ޝަފީގު މިވަގުތު ހުރީ ށ. އަތޮޅު ފެރީ ދުއްވުމުގައި ކަމަށެވެެ. އަދި ބުދަ ދުވަހަކީ އޭނާގެ އޮފް ދުވަސް ކަމަށް އޭނާ ބުނެފައިވާ ކަމަށާއި، އެހެންކަމުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް، ވީޑިއޯ ކޮންފަރެންސެއްގެ ތެރެއިން އޭނާގެ ހެކިބަސް ނެގޭނެ ގޮތެއް ހަމަޖެއްސޭތޯ ދައުލަތުން ބަލަމުންދާ ކަމަށެވެ. އަދި ޝަފީގުގެ ހެކިބަސް ނެގުމަށް ދައުލަތުން ކުރާ މަސައްކަތް ބަޔާންކޮށް ލިޔުމުން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހަައްމަދު ސަމީރު ވިދާޅުވީ، ޝަފީގާއި ދެން ހުރި ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ދެން ދެވޭނެ އެންމެފަހު ފުރުސަތަކީ ބުދަ ދުވަހުގެ 12:00ގައި އެ ދެމީހުންގެ ހެކިބަސް ނެގުމަށް ދެވޭނެ ފުރުސަތު ކަމަށެވެ. ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ބުދަ ދުވަހު 12:00 ގައި ހެކިބަސް ނުނެގިވާ ދެ މީހުންގެ ހެކިބަސް ނެގުމަށްފަހު، އަދި ނުނެގުނުނަމަވެސް، މިމަހުގެ 26 ވަނަ ދުވަހުގެ 11:30 ގައި އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުން ކަމަށެވެ.

ގާޒީ ވިދާޅުވީ، މިމަހުގެ 26 ގައި ހުލާސާ ބަޔާން އިއްވުމަށްފަހު، މިމައްސަލާގައި އަންނަ މާރޗު މަހުގެ 8 ވަނަ ދުވަހުގެ 13:30ގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ބޭއްވޭނެ ކަމަށެވެ.

ކުރިން މިމަހުގެ 26 ވަނަ ދުވަހު އޮތީ މިމައްސަލާގައި ހުކުމް ކުރުމަށެވެ. ނަމަވެސް ދެ ހެކިންގެ ހެކިބަސް ނެގުމަށް ގާޒީ މިވަނީ އިތުރު ފުރުސަތެއް ދެއްވާފަ އެވެ.

އިބްތިހާލް މަރައިލި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިޔަސް، ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އާފިޔާ ބުނެފައި ވަނީ ދަރިފުޅު މަރާލި ކަމަށް އެއްބަސްވެ ތަހުގީގާއި ޝަރީއަތުގައި ވާހަކަ ދެއްކީ ބަޔަކު ބިރު ދައްކައިގެން ކަމަށެވެ. އާފިޔާ ބުނީ އިބްތިހާލު މަރުވި ދުވަހު އޭނާ ގެއިން ނުކުމެގެން ދިޔައީ ގޭތެރެ ކުނި ކަހާފައި ކަމަށާއި ނަމަވެސް އެނބުރި ގެއަށް އައިއިރު ގޭ ތެރޭގައި ބޮޑެތި ފިޔަވަޅުތައް ހުރި ކަމަށެވެ. އަދި އިބްތިހާލު ވެސް ގޭތެރޭގައި މަރުވެފައިވާ ކަމަށް އާފިޔާ ބުންޏެވެ.

- ކޮމެންޓް