Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 12:00
ވުހާންގައި ތިބި ދިވެހިން އެނބުރި ރާއްޖެ އައުމާއެކު ފޮރިން މިނިސްޓްރީން މަރުޙަބާ ކިޔުން
ވުހާންގައި ތިބި ދިވެހިން އެނބުރި ރާއްޖެ އައުމާއެކު ފޮރިން މިނިސްޓްރީން މަރުޙަބާ ކިޔުން
ރާއްޖެއެމްވީ
ކޮވިޑް-19
އިންޑިއާގައި ކަރަންޓީންކުރި ދިވެހިން ރާއްޖެ ގެނެސްފި
އެ 7 ދިވެހިންވެސް ކޮވިޑް-19 އަށް ނެގެޓިވް
އެމީހުން ދިއްލީގެ ކަރަންޓީން ފެސިލިޓީން ދޫކޮށްލާފައިވަނީ ހޯމަ ދުވަހު
7 ދިވެހިން އެނބުރި އައީ އަންގާރަ ދުވަހުގެ ހެނދުނު 10:20 ގައި

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އެ ޤައުމުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެނައި ހަތް ދިވެހިން އަންގާރަ ދުވަހު އެނބުރި ރާއްޖެ އައިސްފިއެވެ.

Advertisement

އެ 7 ދިވެހިންވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، އެމީހުން ދިއްލީގެ ކަރަންޓީން ފެސިލިޓީން ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އެ 7 ދިވެހިން ގޮވައިގެން ރާއްޖެ އައި އެއަރ އިންޑިއާ-263 ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:20 ގައެވެ.

ވުހާންގައި ތިބި ދިވެހިން އެނބުރި ރާއްޖެ އައުން

އެފަރާތްތަކަށް މަރުޙަބާ ކިއުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ހުމައިދުއާއި، ޖޮއިންޓް ސެކްރެޓަރީސް ވަޑައިގެންފައިވާއިރު، އިންޑިއާ ހައި ކޮމިޝަނުގެ އޮފިޝަލުންވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖުގައި އެ ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ.

ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންދިޔައީވެސް އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

އެގޮތުން ނިއު ދިއްލީގެ އިންޑޯ ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕަށް އެމީހުން ގެންގޮސް ކޭމްޕުގައި ބައިނަލްއަޤުވާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީންގެ ކަންތައްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެ 7 ދިވެހިންގެ ޙާލުވެސް މިހާރު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ. ދިވެހި ސަަރުކާރުންވެސް ދަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން، ވުހާންގައި ތިބި ދިވެހިން ގެނައުމުގައި ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް