Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 12:16
ރައީސް ނަޝީދު- ޓީއެމްއޭއިން ރިޝްވަތުނުދޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި
ރައީސް ނަޝީދު- ޓީއެމްއޭއިން ރިޝްވަތުނުދޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި
ޔޫސުފް ސޮފްވާން ރަޝީދު
ރައްޔިތުންގެ މަޖިލިސް
ޓީއެމްއޭއިން އަޅުގަނޑަށް ފައިސާއެއް ނުދޭ: ރައީސް ނަޝީދު
ރުފިޔާ ނުދޭކަމަށާއި ނުވެސްދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި
އެއްވެސް ބޭފުޅަކު ރިޝްވަތުގެ ގޮތުގައި ނުވަތަ ވަކި ކަމެއް ވަކިގޮތަކަށް ކުރުވުމުގެ ނިޔަތުގައި ރަހުމަތްތެރިވެ ވާހަކަ ދައްކައި ނުހެއްދެވުމަށް ނަޝީދު ވަނީ އިލްތިމާސްކުރައްވާފައި

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާ އެމަނިކުފާނު ވާހަކަ ދައްކަވައިފި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މިތުހުމަތުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ޓީއެމްއޭއަކަސްވެސް އެހެން މޭއަކަސްވެސް" ރުފިޔާއެއް ނުދޭކަމަށާއި، ނުވެސްދޭނެކަމަށާއި، ދޭން ނުވެސްއުޅޭނެ ކަމަށެވެ. އަދި މީހަކު އެކަމަކާ ނުވެސް ވިސްނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދެން ދެއްވަން އުޅުއްވާ ބައްލަވަ އަޅުގަނޑަށް އެއްވެސް މީހަކު އެއްވެސް އެއްޗެއް އެކަން ގޮތް ނިމިދާނެ ގޮތް އެބަޔަކަށްވެސް ވަރަށް ސާފުކޮށް އެކަން އެނގޭނެ . ރިޝްވަތު ދިނުމަކީވެސް މަނާކަމެއް ރިޝްވަތު ހިފުމަކީވެސް މަނާކަމެއް ރިޝްވަތުދޭން އުޅޭކަން އެނގިތިބެ އެކަމާ އަޅާނުލާ ތިބުމަކީވެސް މަނާކަމެއް. އެހެންވީމާ އެއްވެސް ބޭފުޅަކު ރިޝްވަތުގެ ގޮތުގައި ނުވަތަ ވަކި ކަމެއް ވަކިގޮތަކަށް ކުރުވުމުގެ ނިޔަތުގައި އަޅުގަނޑާއި ރަހުމަތްތެރިވެ ވާހަކަ ދައްކައި ނުހެއްދެވުމަށް ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑު އެދެން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އާ ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދޭން އުޅޭ މައްސަލަ ފެންމަތިވުމާއެކު މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްއޭސީއެލްއާ ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންނޫނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވުމުން ގިނަ ބަޔަކު ވަނީ އެ މައްސަލާގައި ވަކި ބައެއްގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަދި ޓީއެމްއޭއާ އެއްކޮޅަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރެއްގެ މަސްލަހަތުގައި ކަމަށް ބުނެ އަންނަނީ ވާހަކަ ދައްކަމުންނެވެ.

އެގޮތުން ރައީސް ނަޝީދު އެންމެ ފަހުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެމަނިކުފާނުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ޖެރަޑް ޖެންސާ ވެސް، ޓީއެމްއޭގެ ބޮޑު ހިއްސާއެއް އޮންނަ ބެއިން ކެޕިޓަލްގެ ވަކީލަކަށް ހުންނެވުމުން ވެސް ނަޝީދާއި ޓީއެމްއޭއާ "ޚާއްސަ ގުޅުމެއް" އޮންނަ ކަމަށް ބައެއް މީހުން ބުނެ އެވެ.

ބެއިން ކެޕިޓަލްގެ ގާނޫނީ ވަކީލަކަށް ޖެރަޑް ވެސް ހަރަކާތްތެރިވާކަން ހާމަވުމާ ގުޅިގެން، އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ނުކުރާތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ނަޝީދު ހުންނެވިއިރު ޖޫން، 2018 އާ ހަމައަށް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.

ރައީސް ނަޝީދަށް ޓީއެމްއޭއިން 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް