Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 11:22
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގަބޫލުކުރަނީ ތިމަރަފުށި މަގުތަކުގެ އަމަލީ މަސައްކަތް ފެށިއްޖެ ކަމަށް: އަސްލަމް
ތިމަރަފުށި މަގުހެދުމުގެ މަސައްކަތް 31 ޑިސެމްބަރު 2019 ގައި އާރުޑީސީ އާއިވަނީ ހަވާލުކުރެވިފަ
2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއުއަށް ޖުމްލަކޮށް 75.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ
މި މަސް ނިމެންވާއިރަށް ޑިޒައިންގެ ސަރވޭ މަސައްކަތް ނިމޭނެ

މިހާރު ތިމަރަފުށީގެ މަގުތަކުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ތިމަރަފުށީ މަގު ހެދުމަށް 2019 ވަނަ އަހަރު ބަޖެޓުކުރެވިފައި ވީނަމަވެސް މިއަދާ ހަމައަށް ޢަމަލީ މަސައްކަތް ފެށިފައިނުވާތީ، އެރަށުގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Advertisement

އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ތިމަރަފުށި މަގުހެދުމުގެ މަސައްކަތް 31 ޑިސެމްބަރު 2019 ގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކުރެވިފައިވާކަމަށެވެ. އަސްލަމް ވިދާޅުވީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫޢަށް ޖުމުލަކޮށް 75.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ ތާވަލަށް ބަލާއިރު އާރުޑީސީން މި މަސް ނިމެންވާއިރަށް ޑިޒައިން ކުރުމަށް ބޭނުންވާ ސަރވޭތައް ކޮށް ނިންމާނެ ކަމަށާއި އަދި މަސައްކަތް ކުރަމުންދަނީ އީއައިއޭގެ މަސައްކަތް ފެށުމަށް ކަމަށެވެ.

މި ޕްރޮޖެކްޓަށް މިބޭފުޅުން މިހާރު ޝެޑިއުލްގައި އޮތް ގޮތުން ކުރަމުން އެގެންދަނީ މި މަސް ނިމެންވާއިރަށް ރަށުގައި އެބޭފުޅުން ޑިޒައިން ކުރުމަށް ބޭނުންވާ ސަރވޭތައް ކޮށް، އީއައިއޭގެ މަސައްކަތް ފެށުމަށް. އެހެންވީމަ އަމަލީ ގޮތުން މަސައްކަތް ފެށިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ މިހާރު. ދެން ތާރު އެޅުމުގެ މަސައްކަތް ދާނީ އަދި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައި. ބޭސްލޭޔަރ އެއްހަދައި، ބައިވަރު ކަންތައްތަކެއް ކުރެވިފައި.
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް

ސުވާލާއި ގުޅިގެން އިތުރަށް އަސްލަމް ވިދާޅުވީ ދިވެހި ރާއްޖޭގައި އެކި ތަންތަނުގައި އެކި ފެންވަރަށް މަގުތައް ހެދެމުންދާ ކަމަށެވެ. އެގޮތުން ބޭނުންވާ ވަރަށް ވުރެ ބޮޑަށް ޑިޒައިންގެ މަސައްކަތް ބައެއް ފަހަރު ކުރެވޭ ކަމަށާއި، އަދި މަގުތައް ވެސް އެގޮތަށް ހެދިފައި އެބަހުރި ކަމަށެވެ. އަސްލަމް ވިދާޅުވީ އެއީ ދައުލަތަށް އެންމެ ފައިދާވާގޮތަށް ގޮތް ކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން މަގުތަކަށް ކުރެވޭ ޑިޒައިން ތަކަކީ އެއީ އެތަނަކަށް އެންމެ ބޭނުންވާ ގޮތަށް ކުރެވޭ ޑިޒައިނެއްތޯ ޔަގީން ކުރުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާނެ ކަމަށެވެ.

މީގެއިތުރުން ތިމަރަފުށީގެ މަގުތައް ހަވާލު ކުރެވުނު މަސައްކަތުގައި ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމް އެއް ގާއިމު ކުރެވޭނެތޯއާއި އެ މަސައްކަތް ހަވާލުކުރެވުނު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގައި އެ މަސައްކަތް ކުރުމުގެ ގާބިލުކަން އެބަހުރިތޯ މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުރިން ރާއްޖޭގައި މަގު ހެދުމުގެ މަސައްކަތް ކުރާ ހަމައެކަނި ދިވެހި ކުންފުންޏަކީ އެމްޓީސީސީކަމަށެވެ. ދެން ހުރީ ހުސް ބޭރު ކުންފުނިތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަގުހެދުމުގެ މަސައްކަތް ކުރެވޭނެ ކުންފުންޏެއް ރާއްޖޭގައި ބިނާ ކުރަންޖެހޭ ކަމަށެވެ. އަސްލަމް ވިދާޅުވީ އާރުޑީސީ އުފެއްދުމުގެ މަޤްޞަދަކީ އެއީ ކަމަށެވެ. އަދި އާރުޑީސީ އަށް ރާއްޖޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ ޤާބިލުކަން ހުރިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
18 ފެބްރުއަރީ 2020 | އަންގާރަ 13:07
ސަލާމް
އަސްލަމަށް އެނގޭ އެއްކަމެއްވެސް ނެތް