Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 09:11
ހޯމަ ދުވަހު ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުގެ ރިޔާސަތުގައި ޕާޓީގެ ލީޑަރު ގާސިމް
ހޯމަ ދުވަހު ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުގެ ރިޔާސަތުގައި ޕާޓީގެ ލީޑަރު ގާސިމް
ޖުމްހޫރީ ޕާޓީ
އަލީ ވަހީދު
އަލީ ވަހީދުގެ އޯޑިއޯ: ގާސިމް ވިދާޅުވީ، މައްސަލާގައި ގޮތެއް ނިންމަވާނީ ރައީސް ކަމަށް
މިނިސްޓަރުންނާ ނިސްބަތްކޮށް ބޭއަދަބީކޮށް ވާހަކަ ދައްކާފައިވޭ
ޖޭޕީ ކައުންސިލްގެ މެމްބަަަރަކު ހުށައެޅީ އަލީ ވަހީދު ވަކި ކުރަން
އަލީ ވަހީދު ވަނީ އެއީ ސައްހަ ވީޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައި

ޖުމްހޫރީ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ޝައްކުކުރެވޭ ފޯނު ކޯލްތަކެއްގެ އޯޑިއޯ ކްލިޕްތަކެއް ލީކުވި މައްސަލާގައި އޭނާ އެ ޕާޓީން ވަކިކުރަން ހުށައެޅުމުން، އެކަމުގައި ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) އާއި ދެމެދު ބުރާސްފަތި ދުވަހު ދެކެވުނު ވާހަކައެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ އޯޑިއޯތަކެއް ލީކު ކޮށްލާފައެވެ. އެ އޯޑިއޯ ތަކުގައި ޢަލީ ވަހީދު ކަމަށް ތުހުމަތުކުރެވޭ ފަރާތަކުން އެޑިއުކޭޝަން މިނިސްޓަރ ޢައިޝަތު ޢަލީ އާއި، ގާސިމުގެ އަނބިކަނބަލުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ ޢައިޝަތު ނަހުލާ އާއި ގުޅޭގޮތުން ވާހަކަދައްކާފައިވާއިރު، ޖިންސީ ފުރައްސާރަ ކުރާ ބީދައިން އެ އޯޑިއޯގައި ވަނީ ވާހަކަ ދައްކާފައެވެ.

Advertisement

ހޯމަ ދުވަހުގެރޭ ޖޭޕީން ވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުުވުމެއް ބާއްވާފައެވެ. އެކަަމަކު އެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މީޑިއާތަކަށް ސިއްރު ކޮށްގެންނެވެ. ބައްދަލުވުމުގައި ނިންމި ނިންމުތަކުގެ މަޢުލޫމާތު ހޯދުމަށް ރާއްޖެ.އެމްވީން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ނަމަވެސް ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެކަމާއި ގުޅޭ ގޮތުން ވަކި ގޮތެއް ނިންމުމަށް ގާސިމް ބޭނުން ނުވި ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ އޯޑިއޯތަކާއި ގުޅިގެން ޢަލީ ވަޙީދު ވިދާޅުވެފައިވަނީ، އެ އޯޑިއޯތަކަކީ އެކި އަޑު އެކިގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާ އެއްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް