ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 00:03
ސްޕެއިންގެ ގޯލްކީޕަރު އިކާ ކަސިއަސް
ސްޕެއިންގެ ގޯލްކީޕަރު އިކާ ކަސިއަސް
ގެޓީ އިމޭޖަސް
އިކާ ކަސިއަސް
ސްޕެއިންގެ އެފްއޭ ރައީސް ކަމަށް ކުރިމަތިލާނެކަން ކަސިއަސް އިއުލާންކޮށްފި
ސްޕެއިންގެ އެފްއޭގެ އިންތިޚާބު ޔޫރޯގެ ކުރިން ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުން

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން (އެފްއޭ) ގެ ރައީސްގެ މަގާމަށް ސްޕެއިން ގައުމީ ޓީމުގެ ގޯލްކީޕަރު އިކާ ކަސިއަސް ކުރިމަތިލައިފި އެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބު އޮންނާނީ މިއަހަރު އެވެ. ހޯމަ ދުވަހުގެ ވަގުތެއްގައި ކަސިއަސް ވަނީ މިފަހަރުގެ އިންތިޚާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިއުލާނުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 38 އަހަރުގެ ކަސިއަސް ދާދި ފަހުން ވަނީ ސްޕެއިންގެ ކުޅިވަރާ ބެހޭ ވަޒީރު އަދި ސްޕެއިންގެ ސްޕޯޓްސް ކައުންސިލްގެ ރައީސް އައިރީން ލޮޒާނޯއާ ބައްދަލުކޮށްފައެވެ.

ސްޕެއިންގެ އެފްއޭގެ ރައީސްކަމަށް ކަސިޔަސް ކުރިމަތިލާއިރު، އޭނާ ވަނީ ސްޕެއިންގެ އެފްއޭގެ މިހާރުގެ ރައީސް ލުއިސް ރުބިއާލެސް، އެ އެސޯސިއޭޝަން މިހާރު ހިންގަމުން އަންނަގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްޕެއިންގެ އެފްއޭގެ މިހާރުގެ ރައީސް ރުބިއާލެސް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން އެ އިދާރާގެ އިންތިޚާބު ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ އެފްއޭގެ ރައީސްކަމަށް ކަސިއަސް ކުރިމަތިލާނެކަން އިއުލާނުކުރިއިރު، އޭނާ މިހާރު ކުޅެމުން އަންނަނީ ޕޯޗުގަލްގެ ޕޯޓޯއަށެވެ. މިދިޔަ އަހަރު މެއި މަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދިއިރު، ދެ މަސް ފަހުން އަލުން ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، ފަހުން އޭނާ ކުޅުމުގައި އެއްކޮށް ބައިވެރިއެއް ނުވެއެވެ.

ރަސްމީކޮށް އަދި ކުޅުން ހުއްޓާލިކަން ކަސިޔަސް އިއުލާން ކޮށްފައިނުވި ނަމަވެސް، ކަސިއަސް ބުނީ އެފްއޭއެގެ ރައީސް ކަމަށް ކުރިމަތިލަން ނިންމީ ޕޯޓޯގެ މެނޭޖުމަންޓާވެސް ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކަސިއަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އެޓީމުގެ ކެޕްޓަނެވެ. އަދި ކަސިއަސް ވަނީ ސްޕެއިންއާއެކު ދެފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް