Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 23:46
ވުހާންގައި ތިބި ދިވެހިން އިންޑިޔާއަށް ގެންދިއުން
ވުހާންގައި ތިބި ދިވެހިން އިންޑިޔާއަށް ގެންދިއުން
ޓްވިޓަރ
ކޮވިޑް-19
ވުހާންއިން ދިއްލީއަށް ގެންދިޔަ ދިވެހިން މާދަމާ އަނބުރާ ރާއްޖެ އަންނަނީ
އެމީހުން ކަރަންޓީން ފެސިލިޓީން ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
އެމީހުން ރާއްޖެ އަންނާނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ހަތް ދިވެހިން އިންޑިއާއަށް ގެންދިޔައީ އެއާ އިންޑިއާގެގެ ހާއްސަ ފްލައިޓެއްގައި

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެނައި ހަތް ދިވެހިން ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.

އެ 7 ދިވެހިންވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، އެމީހުން ދިއްލީގެ ކަރަންޓީން ފެސިލިޓީން ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނީ، ދިއްލީގައި ތިބި 7 ދިވެހިން އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ.

Advertisement

ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންދިޔައީ އެއާ އިންޑިއާގެގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

ދިވެހި ސަަރުކާރުންވެސް ދަނީ ޗައިނާގައި ދިރއުޅޭ ދިވެހިންނަަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް