Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 23:41
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ޕްލޭނިންގް މިނިސްޓަރ ހާޒިރުކުރަނީ
މިނިސްޓަރާއި ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް
މިނިސްޓަރާއި ސުވާލު ކުރެވެނީ ތިމަރަފުށީ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި ގުޅިގެން

އަންގާރަ ދުވަހު މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމްއާއި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރާއި ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްއެވެ. އެގޮތުން މިނިސްޓަރާއި ސުވާލު ކުރެވެނީ ތިމަރަފުށީ މަގު ހެދުމަށް 2019 ވަނަ އަހަރު ބަޖެޓުކުރެވިފައި ވީނަމަވެސް މިއަދާ ހަމައަށް ޢަމަލީ މަސައްކަތް ފެށިފައިނުވާތީ، ތިމަރަފުށީ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި ގުޅިގެންނެވެ.

އޭގެއިތުރުން، ތ. ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާއިރު މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި ގުޅިގެންވެސް މެމްބަރު ސުވާލު ކުރައްވާނެއެވެ.

Advertisement

މީގެއިތުރުން އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެޖެންޑާ ކޮށްފައެވެ.

"ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުވެސް އޭގެ ދަށުން ހުށަހެޅުމަށް އެޖެންޑާ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
18 ފެބްރުއަރީ 2020 | އަންގާރަ 10:30
ޒ
މިސަރުކާރުން ހައްދަވައިދެއްވަން ނިންމަވާފައިވާ ހުރިހާ ކޯޒްވޭ ތަކަކާބެހޭގޮތުންވެސް ސުވާލު ކުރެވެންވާނެ ! އެބޭފުޅާއަކީ ހަމައެކަނި ވޭމަންޑޫ ކިނބިދޫގެ ކަންކަން ބެލެހެއްޓެވުމަށް އިސްކުރައްވާފައިވާ މިނިސްޓަރެއް ނޫން ! ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ކަންކަންވެސް ބެލެހެއްޓެވުމަށް އިސްކުރައްވާފައިވާ މިނިސްޓަރަކީ ހަމަ އެބޭފުޅާނޫންތޯ !