Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 22:24
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
ޝުއައިބް މުހައްމަދު އިގްބާލް
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
ލީކްވެގެން އުޅޭ އޯޑިއޯގައި ޖިނާއީ ކުށެއްގެ އަމަލެއް ހިމެނޭތީ ފުލުހުން އެ މައްސަލަ ބަލަނީ
އޯޑިއޯ ލީކް ކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެރޭ
މިނިސްޓަރ ވިދާޅުވީ، މިއީ އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާއެއްކަމަށް
ފުލުހުން ބަލަމުންދަނީ ޖިނާއީ ކޮން މައްސަލައެއްކަން ހާމައެއް ނުކުރޭ

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ ގުޅިގެން ލީކުކޮށްލާފައިވާ އޯޑިއޯތަކުގައި ޖިނާއީ ކުށެއްގެ އަމަލެއް ހިމެނޭތީ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.

ޓުރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) އާއި ދެމެދު ބުރާސްފަތި ދުވަހު ދެކެވުނު ވާހަކައެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކާއި ގުޅޭގޮތުން ފުލުހުން ބުނީ، ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅޭގޮތުން ފުލުހުންނަށް މައްސަލައެއް ހުށައެޅިފައިނުވާ ކަމަށެވެ.

ނަމަވެސް އެ އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށެއްގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

ފުލުހުން އެހެން ބުނެފައިވާއިރު، މިނިސްޓަރ އަލީ ވަހީދުކަމަށް ތުހުމަތުކުރެވޭ ފަރާތަކުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ އާއި ގުޅޭގޮތުން ވާހަކަދައްކާފައިވާއިރު، ޖިންސީ ފުރައްސާރަ ކުރާ ބީދައިން އެ އޯޑިއޯގައި ވަނީ ވާހަކަ ދައްކާފައެވެ.

ނަމަވެސް ފުލުހުން ބަލަމުންދަނީ ޖިނާއީ ކޮން މައްސަލައެއްކަން މިވަގުތު ހާމަކުރެވެން ނެތްކަމަށް ފުލުހުންގެ މީޑިއާއިން ބުނެފައިވެއެވެ.

އެ އޯޑިއޯތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، އެ އޯޑިއޯތަކަކީ އެކި އަޑު އެކިގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާ އެއްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް