ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 16:36
މުހައްމަދު އިމްރާން (ކ) ބައްސާމް އަދީލް ޖަލީލް (ވ)
މުހައްމަދު އިމްރާން (ކ) ބައްސާމް އަދީލް ޖަލީލް (ވ)
އެފްއޭއެމް
ކުޅިވަރު ފައިލް
ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން
ކުރިޔާ ހިލާފަށް މިހާރު ކުޅެމުންއަންން ކީޕަރުންނަކީ އެކަމާ ގަޔާވެގެން ކުޅޭ ކީޕަރުންތަކެއް

ރާއްޖޭގައި މިހާރު ތިބި ކީޕަރުންނަކީ ވެސް މޮޅު ކީޕަރުންތަކެއް ކަމަށާއި އޭނާއަށް ވުރެ މޮޅު ކީޕަރުން މިވަގުތުވެސް ރާއްޖޭގައި އެބަތިބި ކަމަށާއި އަދި ރާއްޖޭގައި ކުރިޔަށް އޮތްތާ ރަނގަޅު ކީޕަރުން އުފެދޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު މުހައްމަދު އިމްރާން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިމްރާން ބުނީ ކުރިޔާ ހިލާފަށް މިހާރު ކުޅެމުންއަންން ކީޕަރުންނަކީ އެކަމާ ގަޔާވެގެން ކުޅޭ ކީޕަރުންތަކެއް ކަމަށާއި، އެކަން އެފްއޭއެމްގެ ގޯލްކީޕިން އެކަޑެމީއަށް ބަލައިލުމުން ފެންނާނެ ކަމަށެވެ. މީގެ އިތުރުން އިމްރާން ބުނީ މިހާރު އެކަޑެމީގައި ތިބި ކީޕަރުން 19 ނުވަތަ 20 އަހަރަށް އަޅާލުމުން އެކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ ކަމަށާއި، މިހާރު ވެސް އެކަން ޓްރެއިނިންގ ތަކުން އޭނާއަށް ފެންނަކަމަށެވެ.

ކީޕަރުން އުފެއްދުމުގެ ޒިންމާއަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި ނަމަވެސް މިވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަ ކޯޗު އަސްލަމަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ގޯލްކީޕަރ ޓްރެއިނަރ ކަމަށާއި އެހެންކަމުން އޭނާއާއިއެކު މަސައްކަތްކުރަން ލިބުމުން ފަސޭހަ ވެގެންދާކަމަށްވެސް އިމްރާން ބުންޏެވެ.

އިމްރާން ބުނީ ރާއްޖޭގެ ފުޓުބޯޅައިގައި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެގޮތުން ކުޅުންތެރިންނަށް މުސާރަ ނުދެވޭ މައްސަލަ ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އޭގެ ނުރަނގަޅު އަސަރު ގައުމީ ޓީމަށް ކުރާނެ ކަމަށް އިމްރާން ބުންޏެވެ. މީގެއިތުރުން އިމްރާން ބުނީ ދަނޑުތަކުގައި ދޮޅު ގަނޑިއިރު ހާފް ޕިޗް އެއްގައި ޕްރެކްޓިސްކޮށްގެން މެޗުތަކަށް ނުކުންނައިރު ކުޅުންތެރިންގެ 100 ޕަސެންޓް ޕާފޯމެންސް ނުނެރެވޭ ކަމަށެވެ. އިމްރާން ބުނީ ފުޓުބޯޅައިގެ މައްސަލަތަކުގައި ހަމައެކަނި އެފްއޭއެމް ބޮލުގައި ކަންކަން ނޭޅުވޭނެ ކަމަށާއި އަދި ކްލަބްތަކުގެ ބޮލުގައި ވެސް މިކަންކަން ނޭޅުވޭނެ ކަމަށެވެ.

ދާދިފަހުން އެފްއޭއެމްއިން ވަނީ އިމްރާން ގައުމީ ޓީމުގެ އެސިސްޓެންޓް ގޯލް ކީޕަރުގެ ގޮތުގައި ހަމަޖައްސައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް