Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 16:51
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ސޯޝަލް މީޑިއާ ބޭނުން ކުރާކަން ހާމަ ނުކުރުމުން މެޖިސްޓްރޭޓަކަށްވުމުގެ ފުރުސަތު ގެއްލިއްޖެ
ކޮމިޝަނުން އޭނާގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވޭ
އެގޮތަށް ނިންމާފައިވަނީ އަދުލުވެރިކަމާމެދު ސުވާލު އުފެދިގެން
އިންޓެގްރިޓީގެ ބައިން ކަނޑައަޅާފައިވާ މިންވަރަށް މާކްސް ލިބިފައި ނުވޭ

ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރުމާމެދު ޞައްޙަ ނޫން މަޢުލޫމާތު ދެއްވާފައިވާކަމަށް ބުނެ އިބްރާޙިމް އަފީފު މެޖިސްޓްރޭޓްކަމަށް ޝަރުތު ހަމަނުވާކަމަށް ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މި ނިންމުމާ ގުޅޭގޮތުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވުމުން ކޮމިޝަނުން އޭނާގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އަދުލުވެރިކަމާމެދު ސުވާލު އުފެދިގެން ކަމަށެވެ.

އެގޮތުން މެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނަކާ ގުޅިގެން އިބްރާހިމް އަފީފް މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލެއްވިކަމުގައި ވިޔަސް، އިންޓަރވިއުއަށް ޝޯޓްލިސްޓުވި ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނިފައި ނުވާ ކަމަށް ޖޭއެސްސީނން ބުންޏެވެ.. އަދި އިންޓަރވިއުއަށް ޝޯޓްލިސްޓްވާނީ، މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި ކޮމިޝަނުން ބަލާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓެގްރިޓީގެ ބައިން، ކްރައިޓީރިއާގައި ކަނޑައަޅާފައިވާ މިންވަރަށް މާކްސްލިބޭ ފަރާތްތަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ޖޭއެސްސީން ބުނީ، "ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމް" ގައި ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތުން ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަޞީލަތްތަކުގެ މަޢުލޫމާތުވެސް ބަޔާން ކުރަންޖެހޭއިރު، އިބްރާހިމް އަފީފް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވުމަށް ކޮމިޝަނުން ހުށަހެޅުއްވި ފޯމުގައި ސޯޝަލް މީޑިއާގެ އެއްވެސް ވަޞީލަތެއް ބޭނުން ކުރައްވާކަމަށް ފާހަގަ ކުރައްވާފައި ނުވާކަމަށެވެ. ނަމަވެސް ކޮމިޝަނުން ހޯދި މަޢުލޫމާތުތަކުން، އޭނާ ސޯޝަލްމީޑިއާގެ ބައެއް ވަޞީލަތްތައް ބޭނުން ކުރައްވާކަން ކަށަވަރު ކުރެވިފައިވާއިރު، ފޯމްގައި ދެއްވާފައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ކަމުގައި ނުވާތީ އިންޓެގްރިޓީގެ ބައިން، ކްރައިޓީރިއާގައި ކަނޑައަޅާފައިވާ މިންވަރަށް މާކްސް ލިބިފައި ނުވާކަންވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ޢައްޔަންކުރުމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން، ކޮމިޝަނުން ކަނޑައަޅާ އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ހާމަކަން ބޮޑުކޮށް ޢަދުލުވެރިކަމާއެކު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް