Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 21:34
ސްކޫލަތަކުގެ ކިޔެވުން ނުފަށަން ނިންމި ބައެއް ސްކޫލްތަކުންވެސް ވަނީ ކިޔަވައިދޭން ނިންމާފަ
ސްކޫލަތަކުގެ ކިޔެވުން ނުފަށަން ނިންމި ބައެއް ސްކޫލްތަކުންވެސް ވަނީ ކިޔަވައިދޭން ނިންމާފަ
ގޫގުލް
ސްކޫލް ތަކުގެ ކިޔެވުން ފެށުން
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ނިންމި ނަމަވެސް އިތުރު މީހުން ބައްޔަށްދަނީ ޕޮޒިޓިވް ވަމުން
އެތައް ބެލެނިވެރިންނެއް ބުނަމުންދަނީ ބަލި ކޮންޓްރޯލް ނުވާތީ ކުދިން ސްކޫލަށް ފޮނުވަން ބޭނުން ނޫން ކަމަށް
ބަލީގައި އިތުރު މީހަކުވަނީ މަރުވެފައި

މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން ރޯގާއާއި ގުޅިގެން އާދީއްތަ ދުވަހު ކިޔެވުން ނުފަށަން ނިންމި އަމިއްލަ ޕްރީ ސްކޫލްތަކަށް އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަން ބައެއް ސްކޫލު ތަކުން ނިންމައިފިއެވެ.

އަމިއްލަ ޕްރީސްކޫލެއް ކަމުގައިވާ ދޮންދޫނި ލިޓްލަ ލާނާރަސް ޕްރީސްކޫލުން ކުރިން ބެލެނިވެރިންނަށް އަންގާފައިވަނީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން 2017 މާރޗް ވާ އާދީއްތަ ދުވަހުން ފެށިގެން 30 މާރޗް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސްކޫލުގެ ކިޔެވުން ނޯންނާނެ ކަމަށެވެ.

 

 

ނަމަވެސް ހޮނިހިރު ދުވަހު އެސްކޫލުން ޢާއްމުކޮށްފައިވާ ދެންނެވުމެއްގައިވަނީ ސަރުކާރުގެ އެހެން ސްކޫލު ތަކެކޭވެސް އެއްފަދައިން ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލްގެ ކިޔެވުންވެސް ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލަށް އަންގަވާފައިވާތީ  26 މާރޗް 2017 ވާ އާދީއްތަ ދުވަހަކީ މިޑްޓަރމް ބަންދަށްފަހު ސްކޫލު ހުޅުވޭ ދުވަސްކަމުގައި އިއުލާން ކުރާ ކަމަށެވެ.

 

ހޮނިހިރު ދުވަހު އެސްކޫލުން ޢާއްމުކުރި އިއުލާން

މިކަމާ ގުޅިގެން އެޑިއުކޭޝަނުންވެސް އަދި ދޮންދޫނިންވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ދޮންދޫނި ލިޓްލް ލަރނާސް ޕްރީސްކޫލުގެ އިތުރުން ބައެއް އެހެން ޕްރައިވެޓް ސްކޫލުތަކުންވެސް ވަނީ އާދީއްތަ ދުވަހު ކިޔެވުން ނުފަށަން ނިންމާފައެވެ.

އެޗްވަން އެންވަން ރޯގާ  މައިތިރި ވަމުން އަންނަ ކަމަށް ބުނެ ސްކޫލުތަކުގެ ކިޔެވުން ފަށަން ނިންމާފައިވަނީކޮށް އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ އިތުރު 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު ޢާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ ނިޔަލަށް 501 މީހަކު ޓެސްޓް ކޮށްފައިވާއިރު 185 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް އެވައިރަސް ޖެހިގެން ހަތަރު މީހަކު މަރުވެފައިވާއިރު އެވައިރަސް ޖެހިފައިވާ 31 މީހަކަށް އެޑްމިޓްކޮށްގެން މިހާރުވެސް ދަނީ ފަރުވާ ދެވެމުންނެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ނިޔަލަށް އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ 12 މީހަކު ދޫކޮށްލާފައިވާކަމަށްވެސް އެޗްޕީއޭއިން ޢާއްމުކުރި ތަފާސް ހިސާބުތަކުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހުކުރު ދުވަހު ތަފާސް ހިސާބުތައް ޢާއްމުކޮށްފައި ނުވާއިރު ހޮނިހިރު ދުވަހު ޢާއމުކުރި ތަފާސް ހިސާބަށް ބަލާއިރު 23 ވަނަ ދުވަހު އެކިއެކި ފްލޫ ކްލިނިކްތަކުން ޖުމްލަ 1116 މީހަކު ފަރުވާ ހޯދާފައިވެއެވެ. އަދި 24 ވަނަ ދުވަހު (ހުކުރު ދުވަހު) ޖުމްލަ 624 މީހަކު ވަނީ އެކްލިނިކްތަކުން ފަރުވާ ހޯދާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ސްކޫލްތަކުގެ ކިޔެވުން އާދިއްތަ ދުވަހު ފަށާތީ ބެލެނިވެރިންގެ ހިތްހަމަނުޖެހުން ގެންދަނީ ފާޅު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައިވާ އެތައް ބެލެނިވެރިއަކު ބުނެފައިވަނީ ކުދިންގެ ސަލާމަތައްޓަކައި، ކިޔެވުނު ފެށުނު ނަމަވެސް އާދިއްތަ ދުވަހު ކުދިން ސްކޫލަށް ފޮނުވަން ބޭނުން ނުވާ ކަމުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް