Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 21:25
މިނިސްޓަރު ޝާހިދު، ކެމްޕޭނު ޕޯސްޓަރު ތަތްކުރުމުގައި ހަރަކާތްތެރިވަނީ
މިނިސްޓަރު ޝާހިދު، ކެމްޕޭނު ޕޯސްޓަރު ތަތްކުރުމުގައި ހަރަކާތްތެރިވަނީ
ޓްވިޓަރ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑުކޮށް: ޝާހިދު
ޝާހިދު ގެންދަވަނީ ކެމްޕޭނު ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވަމުން
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައި
ކެމްޕޭނު ޕޯސްޓަރު ހަރުކުރުމުގެ ރަސްމިއްޔާތުގައި ދެ ރައީސުންވެސް ބައިވެރިވެ ވަޑައިގެންނެވި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަނީ ބޮޑުކޮށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު އެހެން ވިދާޅުވީ، ހޮޮނިހިރު ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ޕޯސްޓަރު ތަތްކުރުމުގެ ރަސްމިއްޔާތަށް ފަހު ކުރެއްވި ޓްވީޓެއްގައެެވެ. ޝާހިދު އަކީ އެމްޑީީޕީގެ ކެމްޕޭނު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތެކެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ޝާހިދު ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

Advertisement

ދާދި ފަހުން އެމްޑީޕީން ށ. އަތޮޅުގައި ކުރިޔަށް ގެންދިޔަ ވޯކްޝޮޕްގައި މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ނިޒާމެއްކަމަށާއި، އެ ނިޒާމު ދަމަހައްޓަން އެޕާޓީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި، އަމިއްލަ ދަރިފުޅަށް އަޅާލާފަދައިން، އެ ނިޒާމު ރާއްޖޭގައި ބިކަވިޔަ ނުދިނުމަށް އެމްޑީޕީއިން މަސައްކަތްކުރާނެ ކަމަށް ޝާހިދު ވަނީ އެ ރަށުގައި ވާހަކަ ދައްކަމުން ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރާއްޖޭގެ ރަށްތައް ހިންގޭނެކަމަށް ޤަބޫލުކުރާ، ލާމަރުކަޒީ ފިކުރާ އިދިކޮޅު ބަޔަކު ރާއްޖޭގައި އެބަތިބިކަމަށާއި، އެމީހުންނަށް މި އިންތިޚާބުގައި ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
17 ފެބްރުއަރީ 2020 | ހޯމަ 13:29
ޙުސައިން
ބަލިވާނެ ބަޮޑުތަނުން