Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 18:27
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އޮފީސް
"މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް"ގެ ނަން ބަދަލުކޮށް، ބޯޑު އަލުން އެކުލަވައިލައްވައިފި
އަލުން އެކުލަވައިލި ބޯޑުގައި 8 ބޭފުޅުން ހިމެނިވަޑައިގަންނަވާ
ބޯޑުގެ ޗެއަރމަންއަކީ ޑރ ޢަބްދުލްޢަޒީޒު ޔޫސުފް
ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު

"މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން ރައީސް ސޯލިހު އެކުލަވައިލައްވާފައިވަނީ އާދިއްތަ ދުވަހުގައެވެ. މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑްގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކުރައްވައި ރައީސް އެ ބޯޑު އަލުން އެކުލަވައިލައްވާފައިވަނީ 30 ޖަނަވަރީ 2020 ގައެވެ.

Advertisement

އަލުން އެކުލަވައިލި ބޯޑުގައި 8 ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު އޭގެތެރޭގައި ، ޑރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ. އަކީލާ) ، ނ.ޢ.ޢ.ވ. އަނީސާ އަޙްމަދު (މ. ލޮނުވެލި)ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)، ޑރ އިސްމާޢީލް ޝަފީޢު (މ. ޕޮޕީ)، އަލްފާޟިލް ޙާމިދު ޞާދިޤު (އަލިހިޔާގެ، ޅ. ނައިފަރު)، އަލްފާޟިލް ޢަބްދުލްމާޖިދު (ގ. ކްރީމްގެ)، އަލްފާޟިލާ ޢާޠިފާ އިބްރާހީމް (މ. ދެބުދާރު)، އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ) އަދި އަލްފާޟިލާ މާރިޔާ ސަޢީދު (މއ. ކޮށީގެ) ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަނު ކުރައްވާފައިވަނީ މި ބޯޑުގެ ޗެއަރމަންގެ މަޤާމަށެވެ. އަދި، މި ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް