Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 13:12
ހޮނިހިރު ދުވަހުގެރޭ ހިނގި އެކްސިޑެންޓުގައި މަރުވި މުޙައްމަދު މިދުހަތު (ހ ބްލޫބާރޑުގެ)
ހޮނިހިރު ދުވަހުގެރޭ ހިނގި އެކްސިޑެންޓުގައި މަރުވި މުޙައްމަދު މިދުހަތު (ހ ބްލޫބާރޑުގެ)
ސޯޝަލް މީޑިއާ
އެކްސިޑެންޓް
އެކްސިޑެންޓުގައި މަރުވި ޒުވާނާ އުޅުނީ އެހެން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލަން: ފުލުހުން
ޖައްސަން އުޅުނު ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް
އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިދު ދުވަހުގެ ރޭ 10:30 ހާއިރު
ދެ މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްއެއް ނެތް

ހޮނިހިރު ދުވަހުގެރޭ މާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާ އުޅުނީ އެހެން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އެކްސިޑެންޓް ވެފައި ވަނީ ބުރުޒު މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ސައިކަލުން ޖެއްސި އުމުރުން 26 އަހަރުގެ މުޙައްމަދު މިދުހަތު (ހ ބްލޫބާރޑުގެ) އަށް މި އެކްސިޑެންޓުގައި ލިބުނު ސީރިއަސް ޒަޙަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާއިރު، ފުލުހުން ބުނީ، އޭނާ ޖެއްސި ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ ސައިކަލު ފަހަތުގައި 22 އަހަރުގެ ދިވެހި އަންހެން ކުއްޖެއް އިން ކަމަށެވެ.

މި އެކްސިޑެންޓް ހިނގީ “ޕީޓްރަލް” ޞަރަޙައްދު، ބުރުޒު މަގުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިދު ދުވަހުގެ ރޭ 10:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement

ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓުގައި ދެ ސައިކަލުގައި އިން ދެ މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.

އަދި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް