Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 11:14
ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ރޭގެ އަލިފާނުގެ ހާދިސާގައި ޙާލުގައި ޖެހުނު އާއިލާއަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވޭ:އެންޑީއެމްއޭ
ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 21:18 ހާއިރު
އަލިފާން ރޯވެފައިވަނީ ރޫމް ކަރަންޓު ޑީ ބޯޑްގައި
އަލިފާނުގެ އަސަރު ދޮންނަ މެޝިންނަށް ކޮށްފައިވޭ

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ޙާލުގައި ޖެހުނު ޢާއިލާއަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ގ. ޕްރީޒައިޑް ގޭގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާއިރު، އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ ރޫމް ކަރަންޓު ޑީ ބޯޑްގައި ކަމަށާއި، އަލިފާނުގެ އަސަރު ދޮންނަ މެޝިނަށްވެސް ކޮށްފައިވާ ކަމަށެވެ. އަދި ބައެއް އަންނައުންވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ. މަންޒަރު ދުށް މީހަކު ރާއްޖެ.އެމްވީ އަށް ބުނީ، އަލިފާން ރޯވި ގަޑީގައި އެޕާޓްމެންޓުގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

Advertisement

މި ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 21:18 ހާއިރުއެވެ.

އެކަމާ ގުޅޭގޮތުން އެންޑީއެމްއޭއިން ކުރި ޓްވީޓެއްގައި ބުނީ، މި ޙާދިސާ އާއި ގުޅިގެން ޙާލުގައި ޖެހުނު ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް