ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 08:32
އިންޑިއާގައި ބޭއްވި ފެއަރގެ ތެރެއިން
އިންޑިއާގައި ބޭއްވި ފެއަރގެ ތެރެއިން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ދެ ފެއަރއަކުން އެންމެ ރީތީ ސްޓޭންޑްގެ އެވޯޑު ރާއްޖެއަށް
އެންމެ ރީތި ސްޓޭންޑުގެ އެވޯޑު ލިބިފައިވަނީ އިންޑިއާ އަދި ދުބާއީގައި އޮތް ފެއަރ އަކުން

2 ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުކުރި ސްޓޭންޑްތަކަށް "އެންމެ ރީތި ސްޓޭންޑް"ގެ އެވޯޑު ލިބިއްޖެއެވެ.

މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނީ ރާއްޖެއަށް އެންމެ ރީތި ސްޓޭންޑުގެ އެވޯޑު ލިބިފައިވަނީ އިންޑިއާގެ ނިއުދިއްލީގައި އޮތް ބިޒްނަސް/މައިސް އެންޑް ލެޝަރ މާރޓް އާއި ދުބާއީގައި އޮތް ދަ ބްރައިޑް ޝޯވ އިން ކަމަށެވެ. އަދި އިންޑިއާގައި ބެހެއްޓި 54 އަކަފޫޓުގެ އެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށް ކަމަށެވެ. މި ސްޓޭންޑްގެ ލެޑް ސްކްރީނުން ރާއްޖޭގެ ތަފާތު މަންޒަރުތައް ފެންނަ ވީޑިއޯއެއް ވެސް ދައްކާލާފައިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އިންޑިއާގައި ކުރިއަށްދިޔަ ފެއަރއަކީ އިންޑިއާގެ 5.6 މިލިއަން އައުޓް ބައުންޑް ލަގްޒަރީ އަދި މައިސް ފަތުރުވެރިންނަށް އަމާޒުކޮށް ބޭއްވި ފެއަރއެކެވެ. އަދި ދަ ބްރައިޑް ޝޯވއަކީ އަލަތު ކައިވެނި ކުރާ މީހުންނަށާއި ފެޝަނަށް ލޯބިކުރާ މީހުންނަށް އަމާޒުކޮށް ދުބާއީގައި ބޭއްވި ފެއަރއެކެވެ.

އެމްއެމްޕީއާރްސީ އިން އިތުރަށް ބުނީ ދުބާއީގައި އޮތް ފެއަރގައި ބަހައްޓާފައިވަނީ 60 އަކަފޫޓުގެ ސްޓޭންޑެއް ކަމަށެވެ. އަދި އެ ސްޓޭންޑުން ތައްޔާރުކޮށްފައިވަނީ ތަފާތު ހަނީމޫން މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށާއި ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީން އަންނަނީ ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ތަފާތު އެކި ފެއަރތަކުގައި ބައިވެރިވަމުންނެވެ.

- ކޮމެންޓް