Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 22:18
ގ. ޕްރިޒައިޑް ގައި ރޯވި އަލިފާން ނިންވާލުމަށް އާއްމުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ގ. ޕްރިޒައިޑް ގައި ރޯވި އަލިފާން ނިންވާލުމަށް އާއްމުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ގަލޮޅު ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
އަލިފާން ވަނީ ނިއްވާލާފައި
ހާދިސާ ހިނގި ގަޑީގައި މީހަކު ނެތް

ގ. ޕްރީޒައިޑް ގޭގެ ފުރަތަމަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.

ޝަބްނަމް މަގުގައި ހުންނަ އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ހޮނިހިރު ދުވަހުގެރޭ 21:18 ހާއިރު ހުށައެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ ރޫމް ކަރަންޓު ޑީ ބޯޑްގައި ކަމަށާއި، އަލިފާނުގެ އަސަރު ދޮންނަ މެޝިންނަށް ކޮށްފައިވާ ކަމަށެވެ. އަދި ބައެއް އަންނައުންވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

އެމްއެންޑީއެފުން ވަނީ އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ. މަންޒަރު ދުށް މީހަކު ރާއްޖެ.އެމްވީ އަށް ބުނީ، އަލިފާން ރޯވި ގަޑީގައި އެޕާޓްމެންޓުގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް