Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 21:31
ރަސްމީކޮށް ފައްޓަވާ ދެއްވީ ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް، ނަޝީދު
ރަސްމީކޮށް ފައްޓަވާ ދެއްވީ ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް، ނަޝީދު
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
އެމްޑީޕީގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި
ހަރަކާތް ފެއްޓުމުގެ ގޮތުން ރަށްވެހި ފަތިސް ޕޯސްޓަރުގައި ކުރެއްސެވީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު
ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ނިންމާލާފައިވަނީ ހުޅުމާލެއިން

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން، މުޅި ރާއްޖޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

އެމްޑީޕީ ކެމްޕެއިން ޙަރަކާތުގެ ތެރެއިން ޕޯސްޓަރު ތަތްކުރުމުގެ ޙަރަކާތް ރަސްމީކޮށް ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާހީމް މުޙަމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

Advertisement

ޕޯސްޓަރު ތަތްކުރުމުގެ ޙަރަކާތް ފައްޓަވާ ދެއްވަމުން ރައީސް ޞާލިޙާއި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހަރުގޭގޭ ފާރުގައި އެމްޑީޕީން ކައުންސިލްތަކުގެ އިންތިޚާބުގައި ބޭނުންކުރާ (ރަށްވެހި ފަތިސް) ގެ ޕޯސްޓަރުގެ މަންޒަރު ކުރަހައި ކުލަޖައްސަވައިދެއްވާފަ އެވެ. ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ނިންމާލާފައިވަނީ ހުޅުމާލެއިންނެވެ.

މުޅި ރާއްޖޭގައިވެސް އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރ ހަރުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މި މަހުގެ 21 ވަނަ ދުވަހު ހުރިހާ ރެށެއްގައި އެއްވަގުތެއްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް