Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 17:34
އެމީހާ އަތުން ފެނުނު މަސްތުވާތަކެތި
އެމީހާ އަތުން ފެނުނު މަސްތުވާތަކެތި
ކަސްޓަމްސް
ކަސްޓަމްސް
ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން ދެ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އެތަކެތީގެ މަގުމަތީ އަގު 193,200.00 ރުފިޔާއަށް އަރާ
މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާއި ހަވާލުކުރެވިފަ

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

Advertisement

މިކަމާއި ގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވަނީ މަސްތުވާތަކެތި ފެނިފައިވަނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ބަލައި ފާސްކުރިއިރު ކަމަށެވެ.

އެގޮތުން އެމީހާގެ ލަގެޖު ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ފޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ލަގެޖުގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިންހާސް ދުއިސައްތަ) ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
15 ފެބްރުއަރީ 2020 | ހޮނިހިރު 18:21
އަހްމަދު
ބުނާ އަޑު އިވޭ ބަންގާލީންނަކަށް މާލެ ނާދެވޭނޭ؟