Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 13:02
ސައިކަލަކާއި ތެޔޮ ބައުޒަރެއް އެކްސިޑެންޓް ވެފައި
ސައިކަލަކާއި ތެޔޮ ބައުޒަރެއް އެކްސިޑެންޓް ވެފައި
ޕޮލިސް
ހައިވޭ އެކްސިޑެންޓް
ހުޅުމާލޭގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެއްޖެ
މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:20 ހާއިރު
އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތުދޭ
ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތުދެ

ހައިވޭއިން ހުޅުމާލެ އަށް ފައިބާ ކޮޅުގައި, ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:20 ހާއިރު ކަމަށާއި އެކްސިޑެންޓުގައި، ސައިކަލް ދުއްވަން އިން އަންހެން މީހާއަށް އެކިވަރުގެ އަނިޔާވެ، އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިނީ 26 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި ތެޔޮ ބައުޒަރު ދުއްވަން އިނީ 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

Advertisement

އަދި މި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެއަށް ވަންނަ ޞަރަޙައްދުގައި، ތެޔޮ ބައުޒަރު އަނބުރާލަން އުޅެނިކޮށް ފަހަތުން އައި ސައިކަލް ކޮންޓްރޯލްނުވެ، ބައުޒަރުގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
15 ފެބްރުއަރީ 2020 | ހޮނިހިރު 13:13
ތޮރރާ
ސީދަލައް ދުއްވަން ނޭގޭ ކަބަލުން އުޅޭވާހަވެސް ބުނެލަން