Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 09:51
ނަރުދޫގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ފެންބޮޑުވުން
ނަރުދޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ
ފަސް ގެއަކަށް ވަނީ ފެންވަދެ ގެއްލުންވެފައި
ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން
ހުކުރު ދުވަހުގެ ރެއިން ފެށިގެން ވަނީ ބޯކޮށް ވާރޭ ވެހިފައި

ށ. ނަރުދޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުންވެއްޖެ އެވެ.

ނަރުދޫ ކައުންސިލްގެ ޕްލޭނިން އޮފިސަރ އަޙްމަދު މާހިރު ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހުކުރު ދުވަހުގެރޭ އިރާކޮޅު އެރަށަށް ވާރޭ ވެހެންފެށި ގޮތަށް ހުއްޓާލީ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށެވެ.

އާބާދީގައި 630 މީހުން ދިރިއުޅޭ ނަރުދުއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ފަސް ގެއަކަށް ފެންވަދެފައިވާ ކަމަށް މާހިރު ވިދާޅުވިއެވެ.

Advertisement

އެ ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށްވެސް ފެނުގެ އަސަރު ފޯރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިދާރަގައި ހުރި ޕަންޕް ސިސްޓަމެއް ބޭނުން ކޮށްގެން ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފެންހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މާހިރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް