Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 08:14
ސްކީނިންގް
ސްކީނިންގް
ގޫގުލް
މިސްރު
ކޮރޯނާވައިރަހަށް ޕޮސިޓިވް މީހަކު މިސްރުން ފެނިއްޖެ
މިއީ އެފްރިކާ ބައްރުގައި ވެސް މި ބަލި ޖެހިގެން ރިޕޯޓު ކުރެވުނު ފުރަތަމަ ފަހަރު

މިހާރު ޗައިނާގައި ގަދަޔަށް ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު މިސްރުން ފެނިފައިވާކަމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިސްރުގެ ހެލްތު މިނިސްޓްރީީގެ އިސް އޮފިޝަލަކާއި ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން ވައިރަހުގެ އަސަރުކޮށްފައިވާ މީހާ ގައިން ބަލީގެ ސީރިއަސް އަލާމާތެއް ނުފެނެއެވެ. އެމީހާއަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަން ދެނެގަނެވުނީ މިޞްރަށް ދަތުރުކުރާ މީހުންް ސްކްރީން ކުރުމުގެ ތެރެއިން ކަމަށް އޮފިޝަލުން ބުނެއެވެ.

Advertisement

އެ މިނިސްޓްރީއާއިޙަވާލާދީ އަލްޖަޒީރާގައިވާގޮތުން އެމީހާއަށް ފަރުވާދިނުމަށްޓަކައި އެމީހާ ވަނީ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ. އަދި އެމީހާއަކީ ކޮން ޤައުމަކަށް ނިޞްބަތްވާ މީހެއް ކަމެއް ހާމައެއް ނުކުރެއެވެ.

މިޞްރުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާއިރު، މިއީ އެފްރިކާ ބައްރުގައި ވެސް މި ބަލި ޖެހިގެން ރިޕޯޓު ކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް