Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 08:08
ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާ
ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާ
ކަސްޓަމްސް
ކަސްޓަމްސް
ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ފައިސާ ހިފަހައްޓައިފި
2.1 މިލިއަން ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ އަތުލައިގެންފައިވޭ
617،139 ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ އަތުލައިގެންފައިވޭ

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައިވަނީ ފާއިތުވި ދެމަހުގެ ތެރޭގައި އަތުލައިގަނެވުނު ފައިސާއާއި ގުޅޭ ކޭސްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު މިފަދަ ދެ މައްސަލައަކާއި މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެއް މައްސަލަ ހިމެނެއެވެ.

Advertisement

ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު، 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 2.1 މިލިއަން ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ ވަނީ އަތުލައިގެންފަ އެވެ. އަދި ދެވަނަ މައްސަލައިގައި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 617،139 ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ އަތުލައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 31 އަހަރުގެ ދިވެހި ފިރިހެނެއް އަތުން 1.3 މިލިއަން ރުފިޔާއަށް ވާ ވަރަށް ބޭރު ފައިސާ އަތުލައިގަނެފައިވާކަމަށެވެ.

މޯނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، 20.000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ ޢަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ، ބޭރުފައިސާ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހޭ ކަމަށް ބަޔާނުގައިވެއެވެ. ކަސްޓަމްސް ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް