Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2020 | ހުކުރު 08:38
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ކިއުގައި ޖެހިގެން ތިބި ބިދޭސީ މަސައްކަތްތެރިން
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ކިއުގައި ޖެހިގެން ތިބި ބިދޭސީ މަސައްކަތްތެރިން
ރާއްޖެއެމްވީ
ބިދޭސީން
ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" އިން ހުށަހެޅުމަށް އިލްތިމާސްކޮށްފި
"އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަޒީފާދޭފަރާތްތަކަށް ވެސް ހުޅުވާލެވިފައިވޭ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމަށް އިކޮނަމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އަދި މި ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާ ގެންދިއުމުގައި މައިގަނޑުގޮތެއްގައި، ރެގިއުލަރައިޒްވުމަށް އެދި، އެކަމުގެ ޝައުގުވެރިކަން ފާޅުކުރާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަކީ، ވަޒީފާދޭފަރާތެއްގެ ކައިރީގައި މިހާރުވެސް މަސައްކަތްކުރަމުންގެންދާ ފަރާތެއްކަން ފާހަގަކުރެވިފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

Advertisement

އަދި މިފަދަ ފަރާތްތައް ރެގިއުލަރައިޒްކޮށް އެމީހަކު މިހާރު ވަޒީފާ އަދާކުރަމުންގެންދާ ފަރާތުގެ ނަމަށް ބިދޭސީމީހާ ބަދަލުކޮށްދީ ޤަވާއިދުގެ ތެރެއަށް ގެނައުމަށް، "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަޒީފާދޭފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި މިފަދައިން ރެގިއުލަރައިޒްކޮށްދިނުމަށް އެދި ވަޒީފާދޭފަރާތްތަކުން ހުށަހަޅާ ބިދޭސީން ރެގިއުލަރައިޒްކޮށް އައު އެމްޕްލޯއިމަންޓް އެޕްރޫވަލް މިނިސްޓްރީން ދޫކުރަމުންދާ ކަމަށާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް "އޮންލައިން" ކޮށް ހުށަހެށުމަށް އިކޮނަމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް