Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 23:07
ކ. މާފުށީގައި ހުންނަ ޖަލު
ކ. މާފުށީގައި ހުންނަ ޖަލު
ޓްވިޓަރ
ކަރެކްޝަންސް
ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު އިތުރުކޮށްފި
ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފަސް ގަނޫނީ ވަކީލުން ރެޖިސްޓްރީ ކުރެވޭނެ
ފަސް ގާނޫނީ ވަކީލުންގެ ތެރެއިން އެއްފަހަރާ ބައްދަލު ކުރެވޭނީ ތިން ވަކީލުންނަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް)ގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފަސް ޤާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ ތިން ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަންސްއިން ބުނީ، މި ބަދަލު ގެނެސްފައިވަނީ އެ ސަރވިސްގެ އާންމު އުޞޫލު ނަންބަރު:AU-2020/04 (ޤާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު) އަށް ބުރާސްފަތި އަމަލުކުރަން ފަށާފައިވާތީ ކަމަށެވެ. އަދި އެ ސަރވިސްްގެ ވެބްސައިޓްގައި އެ އުޞޫލު ވަނީ ޝާއިޢުކޮށްފައެވެ. މި އުޞޫލަކީ ގަވާއިދު ނަންބަރު 2016/R-35 (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤައިދީންނާއި ބަންދު މީހުންގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި ޢަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެވެ.

Advertisement

ބަދަލު ގެނެވުނު މި އުޞޫލުގައި ޤާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކުރެވިފައިވާނެއެވެ. މިގޮތުން ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށް ކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް