Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 17:06
ކެބިނެޓް ބައްދަލުވުމެއް ކުރިއަށްދަނީ
ކެބިނެޓް ބައްދަލުވުމެއް ކުރިއަށްދަނީ
ރައީސް އޮފީސް
ސަރުކާރު އޮފީސްތަކުގެ ތެރެއިން ޚިދުމަތްދޭ 54 ތަނެއްގައި ޚިދުމަތްދޭގޮތުގެ އޮޑިޓެއް ހަދައިފި
މިއީ ސްޕޮޓް އޮޑިޓެއް ކުރެއްވި ފުރަތަމަ ފަހަރު
އޮޑިޓާއި ގުޅޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ދަނީ ކުރަމުން

ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދައި، ތަޞައްވުރު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ސަރުކާރުން ފަށްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުޢާމަލާތް ކޮށްގެން ޚިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ޚިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކުރައްވާފައިވާ ކަމަށެވެ.

Advertisement

އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރ ސަރވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވާއިރު، އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިހާރު ވަނީ ހިއްސާކުރައްވައި މެންބަރުންގެ ޚިޔާލު ހޯއްދަވާފައިވާ ކަަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް