Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 17:08
ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިޔަސް ގެންދިޔަ އެކްސަސައިޒްގެ ތެރެއިން
ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިޔަސް ގެންދިޔަ އެކްސަސައިޒްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެންޑީއެފް
ބޮމެއް ގޮއްވާލުމުން ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތް ދައްކާލައިފި
ކޯސް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު
ޓްރެއިން އިންސްޓްރަކްޓަރުންގެ ގޮތުގައި ލަންކާ ސިފައިން ހަރަކާތްތެރިވި

ބޮން ގޮވުމުގެ ހާދިސާއެއް ހިނގައިފިނަމަ، ކުއްލި ހާލަތުގައި ސިފައިން އަމަލުކުރާނެ ގޮތް މީޑިއާތަކަށް ދައްކާލައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހު މެންދުރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ދިވެހި ސިފައިންނާއި ލަންކާ ސިފައިން ގުޅިގެން ވަނީ އެ ސަރަހައްދުގައި ބޮމެއް ގޮވާ ''ސީން'' އެއް މީޑިއާތަކަށް ދައްކާލާފައެވެ. މި ހަރަކާތަކީ އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތަކެވެ.

ބޮމްބް ސްކޮޑުން ''ސީން'' ގައި ހަރަކާތްތެރިވަނީ. ފޮޓޯ: ސޮފްވާން

ހުޅުމާލޭގައި ދެއްކި ސީންގައި ފެންނަނީ ހުޅުމާލެގެ ގިނަ ބަޔަކު އެތަނަކަށް ޖަމާވާ ސެންޓްރަލް ޕާކް ކައިރީގައި ބޮމެއް ގޮވައި 200 އާއި 300 މީހުން ޒަހަމްވުމުން ދެން ކަންތައްތައް ކުރާ ތަނެވެ. އެ ބޮން އޮންނަނީ ބްރިފް ކޭސް އަކަށް އަޅާފައެވެ.

ބޮން ގޮވުމުން ދެން ފެންނަނީ ފުލުހުންނާއި ބޮމްބް ސޮކްޑްގެ އިތުރުން މެޑިކަލް ޓީމުން އެ ސަރަހައްދުތަކަށް ގޮސް މީހުން ސަލާމަތްކޮށް އެ ތަނުގައި އޮންނަ ދެވަނަ ބޮން ބޮމްބް ޑިޓެކްޓަރގެ އެހީގައި ނައްތާލާ މަންޒަރެެވެ. އެ ސީންގައި ސިފައިންގެ ''ފޭކް'' މިޑިއާ މީހުންވެސް ހިމެނޭއެވެ.

ބޮން ގޮވި ސަރަހައްދުގައި ''ފޭކް މީޑިއާ'' މީހުން ހަރަކާތްތެރިވަނީ ފޮޓޯ: ސޮފްވާން

އެމްއެންޑީއެފާ ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ ބޮމްބް އެންޑް އައިއީޑީ ޑިސްޕޯސަލް އެޑްވާންސް ކޯހަކީ ސިފައިންގެ ހުނަރާއި އޮޕަރޭޝަނަލް ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި އަލަށް އެކުލަވާލި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީން" ގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ.

ޒަހަމްވެފައިވާ މީހަކު ގެންދަނީ ފޮޓޯ: ސޮފްވާން

މި ކޯސް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އެ ކޯހާއި ބެހޭ ގޮތުން ސްރީލަންކާގެ ސިފައިންގެ ފަރާތުން ތަމްރީނުކޮށްދެއްވުމަށް ބައިވެރިވެ ވަޑައިގެންނެވި ޕްރިޔަންތާ ވިދާޅުވީ، ކުރިޔަށް ގެންދިޔަ ތަމްރީނުތަކުގައި އެކި ވައްތަރުގެ ގޮވާއެއްޗެހި ޑިފިއުޒް ކުރާނެ ގޮތް ކިޔާދީފައިވާނެ ކަމަށެވެ. އަދި

އަދި މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގެ އިތުރުން އެއަތޮޅުގެ ބައެއް ރަށްރަށުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް