Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 11:27
އަބްދުއްރަހީމް އަބްދުﷲ، ރައީސް ޔާމީން އަރިހުގައު
އަބްދުއްރަހީމް އަބްދުﷲ، ރައީސް ޔާމީން އަރިހުގައު
ޔޫސުފް ސޮފްވާން ރަޝީދު
އަބްދުއްރަހީމް އަބްދުﷲ
ލަހެއް ނުވެ އަޅުގަނޑުމެންގެ ސަރުކާރެއް އަންނާނެ: އަބުދުއްރަހީމް
ލޯކަލް ކައުންސިލް އިންތިހާބަކީ ބިރުވެރި އިންތިހާބެއް: އަބްދުއްރަހީމް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލުކޮށް އިދިކޮޅުން ސަރުކާރާ ޙަވާލުވާނެ ކަމުގެ އިޝާރާތެއް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ދެއްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމުން ކުރިޔަށް ގެންދާ ޖަލްސާގެ ތެރެއިން ބުދަ ދުވަހުގެރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ނެތް ކަމުގެ ހިތް ދަތިކަން ޤައުމަށް އިހުސާސްވާ ކަމަށާއި، ކޮންމެ ގޮތެއް ހަދައިންގެންވެސް ވެރިކަމަށް ޔާމީން ގެންނަން ޤައުމު މިއަދު ބުނަމުންދާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ދެއްކި ވާހަކަތައް ހަނދާނަށް ގެންނަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ޔާމީން ނޫން އެހެން މީހަކު ވެރިކަމާއި ޙަވާލުވެއްޖެނަމަ ޤައުމުގެ އިޤުތިޞާދު ފުނޑިގެންދާނެ ކަމަށް ތަކުރާރުކޮށް ކުރިންވެސް ބުނަމުން ދިޔަ ކަމަށާއި، މިހާރު އެ މަންޒަރު ފެންނަން ފަަށައިފި ކަމަށެވެ.

Advertisement

ކޯލިޝަންގެ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަކީ އެއްވެސް އިޤުތިޞާދީ އެޖެންޑާއެއް އޮވެގެން ވެރިކަމަށް އައި ބައެއް ނޫންކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުއްރަހީމް ވިދާޅުވީ ގޮތުގައި، ރާއްޖެ މިހާރު ވެއްޓެމުންދާ އިޤުތިޞާދީ އަނދަވަޅުން ސަލާމާތްވާން އޮތް ހަމައެކަނި ގޮތަކީ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމުން ކާމިޔާބު ކުރުން ކަމަށެވެ.

އަދި ޤައުމުގެ ޙާލަތު މިހާރު މިއޮތް ހިސާބަށް ދިޔުމުން ރައީސް ޔާމީން މިނިވަން ކުރުމަށް މިއަދު މަޖުބޫރުވާ ކަމަށެވެ.

މި ސަރުކާރު މިދަ ގޮތުން އަޅުގަނޑަށް ގަބޫލުނުކުރެވޭ ދިވެހި ރައްޔިތުން ކެތްކޮށްގެން ތިބެދާނެ ކަމަކަަށް. އެހާ ހިތްބަރު ބަލި ރައްޔިތުންނެއް ނޫން ދިވެހި ރައްޔިތުންނަނަކީ. ދިވެހި ރައްޔިތުން ބަނޑަށް ޖެހޭއިރު ބަލައިގެން ނުތިބޭނެ.
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ޕީއެންސީގެ ރައީސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ކުރިޔަށް އޮތް އިންތިޚާބަކީ ނުރައްކާތެރި ބިރުވެރި އިންތިޚާބެއް ކަމަށެވެ. ތަފުޞީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ، މި އިންތިޚާބަކީ ރާއްޖެ މިނިވަން ކަންމަތީ އޮންނާނީތޯ ނުވަތަ އަޅުވެތި ކަމަށްދާނީތޯ ބަލަން ބޭއްވޭ އިންތިޚާބެއް ކަމަށެވެ.

ސަމާސާއެއް ނޫން މީކީ. މި އިންތިހާބަކީ ދިވެހިރާއްޖެ އޮންނާނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިތޯ ނޫނޫ ދިވެހިރާއްޖެއަށް ބޭރުން ދީނެއް ތައާރަފް ކުރާނީތޯ ބަލަން ބޭއްވޭ އިންތިހާބެއް.
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ޕީއެންސީގެ ރައީސް

ސަރުކާރަށް ހުއްޓުމެއްނެތި ފާޑު ކިޔަމުން އަދުރޭ ވިދާޅުވީ، މިއަދު ރާއްޖޭގެ ވެރިކަމުގައި ތިބީ ޤައުމަށް ޣައްދާރުވެފައި ތިބި ބައެއް ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޮޑު ތަނުން ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
13 ފެބްރުއަރީ 2020 | ބުރާސްފަތި 12:07
ގުޑުގުޑު
އަހަރެމެން މިތިބީ ތިޔަކަމާ ދަތް އުގުޅާ ތައްޔާރު ވެގެން.