ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 11:31
ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ މޯލްޑިވްސް ހަމަޖައްސައިފި
ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ މޯލްޑިވްސް ހަމަޖައްސައިފި
އޯރކާ މީޑިއާ ގްރޫޕު
ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯ
ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ މޯލްޑިވްސް
ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެ
މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި
ބިޒްނަސް އެކްސްޕޯއަކީ ވިޔަފާރިވެރިންނަށް އަމާޒުކުރެވިގެން ބާއްވާ ޓްރޭޑް ޝޯއެއް

ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސިމްފަނީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ އިޝާނާ ވަލީދެވެ. އަދި އޮރކާ މީޑިއާގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

އޯރކާ މީޑިއާ ގްރޫޕާއި، ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރާ މި އިވެންޓަކީ، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެޑިޝަންއެކެވެ. ގޯލްޑް 100 ގާލާ އެވޯޑްސް ހަފުލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ.

އެގޮތުން ގޯލްޑް 100 އަށް ނޮމިނޭޓްކުރާ ކުންފުނިތަކުގެ ޝަރުޠުތަކެއް ފުރިހަމަވާން ޖެހެއެވެ. އެއީ ނޮމިނޭޓް ކުރަން ހުށަހަޅާ ކުންފުންޏަކީ، ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށްވުމާއި، ރާއްޖޭގެ ކުންފުންޏަކަށްވުމާއެކު، 2016 ވަނަ އަހަރު ކުންފުނީގެ ޢާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބިފައިވުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ ގޯލްޑް 100 ލިސްޓުގައި ހިމެނުނު ފަރާތްތައް އިޢުލާންކުރާނީ، އަންނަ މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ ޙަފުލާއެއްގައެވެ.

އޭގެ އިތުރުން، ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ އެންމެ ފުންނާބު އުސް ވިޔަފާރީގެ ޚަބަރު ގެނެސްދޭ މަޖައްލާ ކަމުގައިވާ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޓްރޭޑް ޝޯވއެކެވެ. 150 އެގްޒިބިޓަރުންނާއި 3000 ބައިވެރިންނާއެކު ބާއްވާ މި ޓްރޭޑް ޝޯވ އޮންނާނީ އަންނަ މަހުގެ 23 އިން 24 އަށެވެ.

ބިޒްނަސް އެކްސްޕޯއަކީ ވިޔަފާރިވެރިންގެ ވިޔަފާރިތައް އައު ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އަދި މި އެކްސްޕޯއަކީ އައު ވިޔަފާރީގެ ގުޅުންތައް އުފެއްދުމާއި، ވިޔަފާރީގެ ވިއުގަ ފުޅާކުރުމުގެ އިތުރުން ވިޔަފާރީގެ އައު ކަންކަން ދަސްކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށްދާ ޝޯވއެކެވެ.

- ކޮމެންޓް