Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 08:45
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ތެރެއިން
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފި
ފަސްކުރީ މިމަހުގެ 17 އަށް
ވޯޓުލުން ކުރިއަށްދަނީ 14:30 އިން 7:30 އަށް
ފަސްކުރި ސަބަބެއް ހާމަކޮށްފައެއްނުވޭ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފިއެވެ.

އެމްޑީޕީން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ، މިމަހުގެ 17 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 2:30 އިން ރޭގަނޑު 7:30 އަށް ބާއްވާ ގޮތަށް ފަސްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ފަސްކުރި ސަބަބެއް އެމްޑީޕީން ހާމަކޮށްފައެއްނުވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިމަހުގެ 14 ވާ ހުކުރު ދުވަހެވެ.

Advertisement

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފައިވާއިރު، ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ވަނީ ބާއްވާފައެވެ.

އޭޕްރީލް 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކޮށްފައިވާއިރު، ޕީޕީއެމުން ވަނީ ޕްރައިމަރީ ބާއްވާ ނިންމާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް ތިން އިންތިޚާބެއް ބާއްވާފައިވާއިރު، އެެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއް ބާއްވާފައިވަނީ 5 ފެބްރުއަރީ 2011 ގައެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ ހަތަރު ވަނަ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިޚާބަކަށް ވާނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެވި، އަދި މާލީ ބާރުވެރިކަން ޤާނޫނުގެ ދަށުން ފޯރުކޮށްދެވިފައިވާއިރު، ކައުންސިލްތަކުގެ ދައުރުވެސް ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނުއަސާސީއަށް ވެސް ބަދަލު ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް