ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 11:36
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ
މޯބައިލް ވޯލްޑް ލައިވް
އިނގިރޭސިވިލާތް
އިނގިރޭސިވިލާތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ޞައްޙަނޫން މަޢުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅަނީ
މިއީ ސައިބަރ ބުލީކުރުމާއި، ކުޑަކުދިންނަށް ކުރާ ގޯނާކުރުން ފަދަ ކަންކަން ހުއްޓުވުމަށް އެޅި ފިޔަވަޅެއް
މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެއް
މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާއިން ނެގުމުގެ ޒިންމާ އަދާކުރަންޖެހޭނީ ޓެކްނޮލޮޖީ ފާމްތަކުން

އިނގިރޭސިވިލާތުގެ ސަރުކާރުން ސޯޝަލް މީޑިއާގެ ހުރިހާ ފްލެޓްފޯމެއްގައި ނުރަނގަޅު މެސެޖްދޭ ކޮންޓެންޓް އަޕްލޯޑްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެގޮތުން އޮންލައިން ބޭނުންކުރާ ހިމާޔަތުގައި އަޅާފައިވާ މިފިޔަވަޅުގެ ބޭނުމަކީ, ހަމަނުޖެހުން އިތުރުވުމާއި، ސައިބަރ ބުލީކުރުމާއި، ކުޑަކުދިންނަށް ކުރާ ގޯނާކުރުން ފަދަ އަމަލުތައް ހުއްޓުވުމެވެ. އަދި މިއީ މުސްތަޤުބަލަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޤައުމުގެ ސަރުކާރުން ސިފަކުރެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއުޞޫލުގެ ދަށުން މިފަދަ ވީޑިއޯތަކާއި، ކޮންޓެންޓްތައް ސޯޝަލް މީޑިއާއިން ނެގުމުގެ ޒިންމާ އަދާކުރަންޖެހޭނީ ޓެކްނޮލޮޖީ ފާރމްތަކުންނެވެ.

މިކުންފުނިތަކުން މިމަސައްކަތް ނުކޮށްފިނަމަ ކުންފުނީގެ ވެރިންނާމެދު ޤާނޫނީ ފިޔަވަޅު އަޅާ ޖޫރިމަނާކުރުމުގެ އިތުރުން ޖަލަށްލުމުގެ ޙުކުމް ކުރުމުގެ ބާރު ސަރުކާރަށް ލިބިދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް