Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 19:05
ކ. ގިރާވަރުގެ އުތުރު ކަނޑުން އޮޔާދާ \"ބަރޯސާ\" ބޯޓު
ކ. ގިރާވަރުގެ އުތުރު ކަނޑުން އޮޔާދާ "ބަރޯސާ" ބޯޓު
އެމްއެންޑީއެފް
އެމްއެންޑީއެފް
ގިރާވަރުގެ ކައިރިން މީހަކު ނެތް ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން
ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއާރުސީސީއަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި
ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެއް

ކ. ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ޞަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، އެއްވެސް މީހަކު ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ބުދަ ދުވަހުގެ ހަވީރު 16:00 ހާއިރުކަމަށެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު އޮޔާދަނީ ކ. ގިރާވަރު ކަނޑުން ހުޅަނގަށްކަމަށާއި އެ ޞަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިޞްބަތްވާ ބޯޓެކެވެ. އަދި މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ޞަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، އެ ޞަރަޙައްދު މޮނިޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެޞަރަޙައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
13 ފެބްރުއަރީ 2020 | ބުރާސްފަތި 11:35
ސުވޭސް
ތި ހަވާލުވާނީ މުސްތޮ ( ބަދަލު ލިބޭނެ)