Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 17:40
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް
ބިލް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާޤުން
މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިބިލު ބަލައިގަތުމަށް އެހުނު ވޯޓުގައި ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާޤުންނެވެ.

މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދެވެ. ޖަމްޝީދު މިބިލު ހުށަހަޅުއްވަމުން ވިދާޅުވީ މިބިލު ހުށަހެޅުމުގެ މަޤްޞަދަކީ ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅުއެޅުމުގެ އުޞޫލުތައް ބަޔާންކުރުން ކަމަށެވެ.

Advertisement

އަދި މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމަށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް ޢައްޔަންކޮށް، އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ޙާލަތުގައި ބަދަލު ލިބިދިނުމާ ގުޅޭ އުޞޫލުތައް ބަޔާން ކުރުމަކީވެސް މިބިލު ހުށަހެޅުމުގެ މަޤްޞަދެއްކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

މިބިލަށް ވާހަކަދެއްކެވި މެންބަރުން ވަނީ މިއީ މުހިންމު ބިލެއްކަމަށާއި މިބިލު ޤާނޫނުވެގެން އަންނައިރު ޤާނޫނުގެ ހިމާޔަތާއި ރައްކާތެރިކަން އެންމެންނަށްވެސް ލިބެންޖެހޭނެކަމަށް މެންބަރުން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް