Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 08:21
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙް
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙް
ރާއްޖެއެމްވީ
އެމްޑީޕީ
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް
އެމްޑީޕީ ޕީޖީ ގުރޫޕްގެ ބައްދަލުވުމެއް އާދީއްތަ ދުވަހު ބާއްވާނަން
މާލޭގައި ތިއްބަވާ ހުރިހައި އެމްޑީޕީ މެމްބަރުން ވޯޓް ދެއްވާނީ މަސީހު މަގާމުން ދުރުކުރުމަށް

 ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނަގާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓުގައި އެމްޑީޕީ, ޕީޖީ ގުރޫޕުން ނެރޭނީ ތްރީލައިން ވިޕެއް އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ގައުމު ހަމަމަގަށ އެޅުވުމަށްޓަކައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ސޮއި ކުރެއްވި އެއްބަސްވުން މީޑިއާތަކާ ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ޢަމަލު ކުރަން ޖެހޭނެ ގޮތް ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިބޫ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަުގެ ވޯޓް ނަގާ ދުވަހު މާލޭގައި ތިއްބަވާ އެމްޑީޕީގެ ހުރިހައި މެމްބަރުން މަޖިލީހަށް ހާޒިރުވެ މަސީހު މަޖިލީހުގެ ރައީސް ކަަމުގެ މަގާމުން ވަކިކުރުމަށް ވޯޓް ދިނުމަށް ތްރީލައިން ވިޕެއް ނެރުމަށް ކަމަށެވެ.

އެހެން ކަމަުން ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭނީ މަސިޙު މަގާމުން ވަކިކުރުމަށްޓަކައި ތްރީލައިން ވިޕެއް ކަމަށާއި އަދި ޕީޖީ ގުރޫޕުން އެ ނިންމުން އާދީއްތަ ދުވަހު ބާއްވާ ބައްދަލުވުމުގައި ނިންމާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެމްޑީޕީން މަޖިުލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީން ވެސް ނިންމާފައި ވަނީ މަސީހު ބޭރު ކުރުމަށް ތްރީލައިން ވިޕެއް ބެރުމަށެވެ.

މަސީހު މަގާމުން ވަކިކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެހެންވެ، މުއައްސަސާތަކުން ވެސް ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ގާނޫނާ ހިލާފަށް ކަމެއް ނުކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް